ދުނިޔެ

މޫނު ބުރުގާއަކީ މާސްކެއް ނޫން ކަމަށް ބުނެ، އަންހެނަކަށް ބޭކަރީއަކުން ޚިދުމަތް ދޭން ދެކޮޅު ހަދައިފި!

ދެން އެމްވީ ، ދެން އޮންލައިން

މިނީއާޕޮލިސްގެ ބޭކަރީއަކުން މޫނު ބުރުގާ އަޅައިގެން ހުރި އަންހެނަކަށް ޚިދުމަތްދޭން ދެކޮޅު ހަދައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މޫނު ނިވާކޮށްގެން ހުރި އެއަންހެންމީހާއަށް، ބޭކަރީން ޚިދުމަތް ދޭން ދެކޮޅުހެދީ، އަންހެން މީހާ އަޅައިގެން ހުރި ނިގާބަކީ ކޮވިޑް-19 އިން ރައްކާތެރި ކޮށްދޭނެ ފޭސް މާސްކެއް ކަމަށް ޤަބޫލު ނުކުރެވޭތީ އެވެ.

ޒަހޫރް އަބްދިއަޒީޒް ވަނީ މަރީސާސް ބޭކަރީގައި ހިނގި މިހާދިސާ ވީޑިއޯކޮށް އޭނާގެ ފޭސްބުކްއަށް ލާފައެވެ. ޒަހޫރް ބުނެފައިވަނީ، އޭނާއަށް ކުރިމަތިވީ "ކޮރޯނާ އާއި ގުޅޭ" ތަފާތު ކުރުން (ރޭސިޒަމް) އަކާއި ކަމަށެވެ.

ކޮންމެ މީހަކުވެސް ފިހާރަތަކާއި އެނޫންވެސް އާއްމުން ވަދެ ނިކުމެ އުޅޭ ތަންތަނަށް މާސްކު އަޅައިގެން ނޫނީ ނުވަނުމަށް އެސިޓީގެ ހެލްތު ޑިޕާޓްމެންޓުން ވެސް އަންގާފައެވެ.

"އެހެންވީމަ އަހަރެން އަޅައިގެން ހުރި މޫނު ފޮތިކޮޅަކީ މާސްކެއް ނޫންތަ؟ ތިބުނަނީ މީގެން މޫނު ނިވައެެއް ނުވާނެއޭތަ؟" ޒުހޫރް އަމިއްލައަށް ވީޑިއޯ ކޮށްފައި އެވީޑިއޯގައި ބުނާ އަޑުއިވެއެވެ.

އެއަށް ޖަވާބެއްގެ ގޮތުން ބޭކަރީގައި ޚިދުމަތް ދޭން ހުރި މީހާ ބުނަނީ އެއީ މާސްކެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި މޫނު ބުރުގާ އަޅައިގެން ހުރުމުން ޚިދުމަތް ދެވެން ނެތް ކަމަށެވެ.

"އެހެންވީމަ އަހަންނަށް ޕާންކޮޅެއް ނުވިއްކާނަން؟" ޒުހޫރް އަހާފައިވެއެވެ.

"މާސްކު ނެތިއްޔާ ޚިދުމަތެއް ވެސް ނުލިބޭނެ!" ކައުންޓަރުގައި ހުރި އަންހެން މީހާ ބުނާ އަޑުއިވެއެވެ.

ޒުހޫރް މިވީޑިއޯ މީސްމީޑިއާއަށް ލުމުން ގިނަބައެއްގެ ނުރުހުމާއި ފާޑު ކިޔުން މަރީސާސް ބޭކަރީއަށް ވަނީ އަމާޒުވެފެއެވެ.

ނަތީޖާއެއްގެ ގޮތުން ކައުންޓަރުގައި ހުރި އެއަންހެންމީހާގެ އެއަމަލަށް އެބޭކަރީން ވަނީ މިދިޔަ ބުދަ ދުވަހު މައާފަށް އެދިފައެވެ. އަދި މުސްލިމުން އަޚުންނާއި އުޚްތުންނާއިމެދު ވެސް އެއްވެސް ތަފާތު ކުރުމެއް އެތަނުން ނުގެންގުޅޭނެ ކަމަށް ވެސް އެބޭކަރީން ބުނެފައިވެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!