ޕާޓީތައް ބޭއްވުން މަނާ ކޮށްފައިވަނިކޮށް އިސްލާމިކް މިނިސްޓްރީ މުވައްޒަފެއްގެ ޕާޓީ ދާރުލްއީމާންގައި ބާއްވައިފި

ކޮވިޑް19ގެ ފައްސި ވޭދަނަތައް އިތުރުވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ހަފްލާތަކާއި ޕާޓީތައް ބޭއްވުން މަނާ ކޮށްފައި ވަނިކޮށް އިސްލާމިކް މިނިސްޓްރީގެ ދަށުގައި ހުންނަ ދާރުލް އީމާންގައި އެ މިނިސްޓްރީ މުވައްޒަފެއްގެ ކައިވެނީގެ ޕާޓީއެއް ބާއްވައިފިއެވެ.
މި ޕާޓީ ބާއްވާފައި ވަނީ މިމަހުގެ 9 ވަނަ ދުވަހު ހަވީރު ދާރުލް އީމާންގެ ޓެރަހުގައެވެ.
މި ޕާޓީގެ ދައުވަތު ކާޑުގެ އިތުރުން ޕާޓީގެ ފޮޓޯތައް ވަނީ "ދެން" އަށް ލިބިފައެވެ.

މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރަށް ގުޅާލުމުން ވިދާޅުވީ އެކަން ބައްލަވާލެއްވުމަށް ފަހު މައުލޫމާތު ދެއްވާނެ ކަމަށެވެ. ނަމަވެސް ފަހުން ގުޅާލުމުން ފޯނު ނުގެންވެމުގެ ސަބަބުން އެ ފަރާތުގެ ބަހެއް ވަނީ ނުލިބިފައެވެ.
އެނގިފައިވާ ގޮތުގައި ދާރުލް އީމާނަކީ އެފަދަ ހަފްލާތައް ބޭއްވުމަށް އާންމުކޮށް ދޫކުރާ ތަނެއް ނޫނެވެ.
ކަޑައެލިގެން ދޮގު ޚަބަރެއް
އާ މިހާ ވަރަކަށް މި ޚަބަރު ދޮގުވާނީ. އިންވިޓޭޝަން ކާޑުވެސް ނުފެނުން؟
ާލ ކާޑު ައައައައައައައައައައައައައައައަ ކާޑު އެޑިޓް ކުރި މީހާ އަށް ނޭނގިގެން އެއްބައި އެޑިޓް ކުރެވުނީ