Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބޯއްޓުން ވެއްޓި ގެއްލުނު މީހާ މަރުވެފަ އޮއްވާ ފެނިއްޖެ!

ބޯއްޓުން ވެއްޓި ގެއްލުނު މީހާ މަރުވެފަ އޮއްވާ ފެނިއްޖެ!

ބޯޓަކުން މޫދަށް ވެއްޓިގެން ހޯދަމުންދާ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނި ތިލަފުށީގެ އުތުރުގައި އަޅާފައި އޮތް ބޯޓަކުން މޫދަށް ވެއްޓުނު މީހަކު ގެެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ކަނޑުގެ 51 މީޓަރުގެ އަޑިން ފެނިފައިވާ ކަމަށެވެ. އެ މީހާގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސިފައިން ބުންޏެވެ.

މަރުވެފައި އޮއްވާ ފެނުނީ "ގޭސް އެޓްލާންޓިކް" ކިޔާ ބޯޓަކުން މޫދަށް ވެއްޓުނު ބިދޭސީއެކެވެ.

Advertisement
Allied — Dhen Online (box)

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިރޭ 22:20 ހާއިރު ކަމަށެވެ.

އާޒިމް ވިދާޅުވީ އެ ބޯޓުން ދެ ބިދޭސީއަކު މޫދަށް ވެއްޓުނު ކަމަށާއި، އެ ސަރަހައްދުގައި މަސްވެރިކަން ކުރުން އުޅުނު ޑިންގީއަކަށް އެތަނުން އެކަކު ފެނިގެން ނަގާފައިވާ ކަަމަށެވެ.

އަދި ފެނުނު މީހާއަށް ފަރުވާ ދިނުމަށް ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް