Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ރަޝިއާ އިން 2023 ވަނަ އަހަރު ޖައްވީ ފަތުރުވެރިކަން ފަށަނީ

ރަޝިއާ އިން 2023 ވަނަ އަހަރު ޖައްވީ ފަތުރުވެރިކަން ފަށަނީ

2023 ވަނަ އަހަރު ރަޝިއާ އިން ޖައްވީ ފަތުރުވެރިކަން ފަށާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެގޮތުން ރަޝިއާ ގެ އެންމެ ކާމިޔާބު ރޮކެޓު-ސްޕޭސް އެންޓަޕްރައިސް ކަމަށްވާ އެސްޕީ-ކޮރޮލެވް ރޮކެޓުގެ އިތުރުން އެނާޖިއާ ކުންފުނިން ވެސް ޖައްވީ ފަތުރުވެރިކަމުގެ ހިދުމަތްދޭނެއެވެ. އެންމެ ފުރަތަމަ މި ހިދުމަތް ފަށާއިރު ފުރުސަތު ދެވޭނީ ދެމީހުންގެ ވަރަށް ހާއްސަ ދަތުރު ތަކަކަށް ކަމުގައި ރިޕޯޓުތައް ބުނެއެވެ.

މި ދަތުރުގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ގެ ބޭރުގައި 'ސްޕޭސް ވޯކް' ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

Advertisement
Ooredoo — Truecaller (box)

ޖައްވަށް ދަތުރު ކުރުމުގެ ކުރިން ފަތުރުވެރިން ހާއްސަ ތަމްރީނަކާއި ޓެސްޓުތަކެއް ވެސް ފުރިހަމަކުރަން ޖެހޭނެއެވެ. އަދި ދަތުރުގައި ބައިވެރިވެވޭނީ ވަކި މިންވަރަކަށް ފާސް ވުމުންނެވެ.

ޖައްވީ ފަތުރުވެރިކަމުގެ ހުވަފެން 2015 ވަނަ އަހަރު ވެސް ވަނީ އާންމުންނަށް ދައްކާފައެވެ. ނަމަވެސް ޖައްވީ ފަތުރުވެރިކަން ތައާރަފް ކުރުމަށް ކުރި އެތަކެއް ތަހުލީލުތައް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

ޖައްވީ ޓެކްނޮލޮޖީ ތަރައްގީ ވަމުންދާ ބާރުމިނަށް ބަލާއިރު، ދުނިޔޭގެ ސަތަހައިން ބޭރަށް ނުކުމެ ފިނިބުރެއް ޖަހާލާ ސެލްފީ ނަގާލާ ދުވަސް އަންނަން ދެން މާގިނަ ދުވަހެއް ނަގާނެއެކޭ ނުބުނާނަމެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް