Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިޖުތިމާއީ ގައިދުރުކަމާއެކު މަސްމާރުކޭޓު އަލުން ހުޅުވާ، ޚިދުމަތްދޭން ތައްޔާރުވެއްޖެ!

އިޖުތިމާއީ ގައިދުރުކަމާއެކު މަސްމާރުކޭޓު އަލުން ހުޅުވާ، ޚިދުމަތްދޭން ތައްޔާރުވެއްޖެ!

މަސްމާރުކޭޓުގައި އިޖުތިމާއީ ގައިދުރުކަމާއެކު ޚިދުމަތްދޭން ތައްޔާރުވެއްޖެއެވެ.

އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަސްމާރުކޭޓު އަލުން ހުޅުވާ، އިޖުތިމާއީ ގައިދުރުކަމުގައި ޚިދުމަތްދޭން ތައްޔާރުވެފައިވާއިރު، ސިޓީ ކައުންސިލުން މިހާރުވަނީ އޭގެ ނިޝާންތައް ވެސް ކުރަހާފައެވެ.

މަސް މާރުކޭޓު އަލުން ހުޅުވި ނަމަވެސް، ކުރަހާފައިވާ އިޖުތިމާއީ ގައިދުރުކަމުގެ ނިޝާންތަކަށް އެންމެންވެސް ބޯލަނބަން ޖެހޭނެ ކަމަށާއި، މާރުކޭޓަށް އަންނައިރު އެންމެންވެސް ހުންނަންވާނީ މާސްކު އަޅައިގެން ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ފުރަބަންދު އިއުލާނު ކުރެވުމުން މަސްމާރުކޭޓު ބަންދު ކުރިކަމުގައި ވިޔަސް، ދިން ލުއިތަކާއެކު މަސްމާރުކޭޓުގެ އެތެރެއަށް ނުވަދެވުނަސް ބޭރުގައި ތިބެ އޯޑަރުދީގެން މަސްގަނެ ވިއްކުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އަންނަމަހުގެ 1 ވަނަ ދުވަހު މަސްމާރުކޭޓު އަލުން ހުޅުވާލާ، އެތެރެއަށް ވަދެގެން ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހުން ކަމުގައިވިޔަސް، މަސް މާރުކޭޓު ތެރެއަށް ވަދެވޭނީ ވަކި އަދަދެއްގެ މީހުންނަށް ކަމަށާއި ކޮންމެ މީހަކުވެސް އެތެރެއަށް ވަނުމުގެ ކުރިން އެމީހެއްގެ ހަށިގަނޑުގެ ހިނިހޫނުމިން ޗެކު ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް