ދުނިޔެ

ކޮވިޑް19: އިންޑިއާގައި ބަލި ޖެހުނު މީހުންގެ އަދަދު 5 ލައްކައަށް ވުރެ މައްޗަށް

ދެން އެމްވީ ، ދެން އޮންލައިން

24 ގަޑިއިރުން 18,552 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި، އިންޑިއާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 5 ލައްކައަށްވުރެ މައްޗަށް ގޮސްފިއެވެ. އެގޮތުން އޭގެ ތެރެއިން ބަލި ޖެހުނު 1,97,387 މީހުނަށް އަދިވެސް ފަރުވާ ދެމުން އަންނައިރު 2,95,881 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

Ads by Sosun Fihaara

18 ހާހަށް ވުރެ ގިނަ މީހުނަށް އެއް ދުވަހުން ބަލި ޖެހިފައިވާއިރު 384 މީހަކު ވަނީ މަރުވެފައެވެ. އެއާއެކު މަރުވި މީހުންގެ އަދަދު ވަނީ 15,685 އަށް އަރާފައެވެ.

އިންޑިއާ ގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުން އަންނައިރު އެގައުމުގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 1 ލައްކަ އަށް އަރާފައިވަނީ 110 ދުވަހުންނެވެ. ނަމަވެސް ވައިރަސް ކޮންޓްރޯލު ނުވެ 5 ލައްކަ ހަމަވެފައިވަނީ އެންމެ 39 ދުވަހުގެ ތެރޭގައެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި ބަލި ޖެހުނު 58.13 އިންސައްތަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މުޅި ދުނިޔެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 9,778,674 އަށް އަރާފައެވެ. އަދި ޖުމްލަ 4,93,674 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!