މުނިފޫހިފިލުވުން

ސާރާ އަކީ ވަރަށް ތޫނުފިލި ކުއްޖެއް: ސޯހާ

ދެން އެމްވީ ، ދެން އޮންލައިން

އަލަށް ފިލްމު ކުޅެން ފެށި ބަތަލާއިންގެ ތެރެއިން މިހާރު އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެއް ތަރިއަކީ ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ އަލީ ޚާނެވެ. ސާރާގެ ފުރަތަމަ ފިލްމު "ކެދާރްނާތު" ރިލީޒްވުމާއެކު އޭނާގެ ޖާދޫގައި ގިނަ ބަޔަކު ވަނީ ޖެހިފަ އެވެ.

Ads by STELCO

ދާދި ފަހުން ސައިފް ގެ ކޮއްކޮ އަދި ސާރާގެ ބޮޑުދައިތަ ސޯހާ އަލީ ޚާން ވަނީ ފިލްމްފެއާ އަށް ދިން އިންޓަވިއުއެއްގައި ސާރާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

އެގޮތުން ސޯހާ ބުނި ގޮތުގައި ސާރާ އަކީ ވަރަށް ތޫނުފިލި އެހާމެ ވިސްނޭ ކުއްޖެކެވެ. އަދި ގިނަ ބަޔަކު ސާރާ ދެކެ އެހާ ލޯބިވަނީ ސާރާ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކަމުން ކަމުގައި ވެސް ސާރާ ބުނެފައިވެއެވެ.

އަދި ސާރާ އަކީ ކިޔަވައިގެން ހުރި އެހާމެ ކެރޭ ކުއްޖެއްކަން ވެސް ސޯހާ ވަނީ ފާހަގަކޮށްފައެވެ.

އަދި ސޯހާ ވަނީ ސާރާ މި ދާއިރާއިން ކުރިއަށް ދާން ހިޔާރު ކުރީތީ އެކަމާ ވަރަށް އުފާކުރާ ކަމަށް ވެސް ބުނެފައެވެ.

ސާރާ މިހާރު ކުރަމުން އަންނަނީ ސޯހާ އާ އޭނާގެ ފިރިމީހާ ޕްރޮޑިއުސް ކުރާ ފިލްމެއް ކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!