މުނިފޫހިފިލުވުން

ލޮކްޑައުންގައި ވަޖީހު އެންމެ ގިނައިން ކުރިކަމަކީ ކަސްރަތު ކުރުމާއި ކެއްކުން!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ވެސް އިއުލާނުކުރި ލޮކްޑައުންގެ ދުވަސްވަރުގައި، ރާއްޖޭގެ ކުރީގެ މަޝްހޫރު ފިލްމީތަރި އިސްމާއިލް ވަޖީހު އެންމެ ގިނައިން ކުރިކަމަކީ ކަސްރަތު ކުރުމާއި ކެއްކުން ކަމުގައި އޭނާ ބުނެފައިވެއެވެ.

Ads by Sosun Fihaara

ވަޖީހު ފާހަގަ ކޮށްލެވިފައިވަނީ ކުރީގެ މަޝްހޫރު އެކްޓަރެއްގެ އިތުރުން ހަށިގަނޑަށް ވަރަށް ބަލައިގެން ވަރަށް ފިޓްކޮށް ހުންނަ މީހެއްގެ ގޮތުގައެވެ.

މިދިޔަ ރަމަޟާން މަހު ބައިސްކޯފުން ދެއްކި "ލޮކްޑް އަޕް ވިތު" ޝޯގެ އެޕިސޯޑަކަށް ދިން ބަސްދީގަތުމެއްގައި ވަޖީހު ބުނެފައިވަނީ އޭނާ އެދުވަސްކޮޅު ކުރާހިތުން އެންމެ ގިނައިން ކުރި އެއްކަމަކީ ކަސްރަތު ކުރުން ކަމަށެވެ.

"ކުރާހިތުން އެންމެ ގިނައިން ކުރެވޭ ކަމަކީ އެކްސަސައިޒް ކުރުން. ހަމަ ވަރަށް މުހިންމުކަން ދީގެން ކުރާކަމެއް އެއީ ކޮންމެ ދުވަހަކު ވެސް އެކްސަސައިޒް ކުރުން. ދެން އޭގެ އިތުރުން ރޯދަ ވީއްލަން ކޮންމެވެސް އެއްޗެއް އަމިއްލައަށް ތައްޔާރު ކުރެވޭތޯ ވެސް ބަލަން. ދުވާލެއްގެ މައްޗަށް ނުވަތަ ހަފްތާއެއްގެ މައްޗަށް ބަލާއިރު އެހެންވީމަ އެންމެ ގިނައިން ކުރެވޭ ކަމަކީ އެކްސަސައިޒް ކުރުމާއި ކާއެއްޗެއް ތައްޔާރު ކުރުން" ވަޖީހު ބުނެފައިވެއެވެ.

މީގެކުރިން ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލުކަން ވެސް ކޮށްފައިވާ އިސްމާއިލް ވަޖީހު، އެއެޕިސޯޑުގައި އިތުރަށް ބުނެފައިވަނީ ކުރީގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރި ފަންނާނަކު، އަދި މިހާރު އެދާއިރާގައި މަސައްކަތް ނުކުރާ ފަންނާނަކު، އަލުން އަނބުރާ ފިލްމީ ދާއިރާއަށް ގެނެވޭގޮތް މެދުވެރިވެއްޖެނަމަ، އޭނާ ގެންނަން ބޭނުމީ ޝިރާނީ ކަމަށެވެ.

ޝިރާނީ އާއި ވަޖީހުގެ ޖޯޑަކީ ވަރަށް ގިނަ ބެލުންތެރިންނަށް ކުރިން ކަމުދިޔަ އޮން-ސްކްރީން ޖޯޑެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!