ޚަބަރު

އައިޑީކާޑު މުއްދަތު ހަމަވިޔަސް ޖުލައިގެ ނިޔަލަށް ހިދުމަތް ލިބޭނެ

ދެން އެމްވީ ، ދެން އޮންލައިން

އައިޑީ ކާޑުގެ ގެއްލިފައި ނުވަތަ މުއްދަތު ހަމަވެފައިވީ ނަމަވެސް ޖުލައި މަހުގެ ނިޔަލަށް އެ އައިޑީ ކާޑަށް ހިދުމަތް ދެވޭނެ ކަމަށް ކާކު ކަން އަންގައިދޭނެ ލިޔުމަކާއެކު ހިދުމަތް ދެވޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އަންގައިފި އެވެ.

ކޮވިޑް19 އާ ގުޅިގެން ވަނީ އައިޑީ ކާޑުގެ ހައްދައިދިނުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބުމާ ގުޅިގެން އެ ޑިޕާޓްމެންޓުން ވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އައިޑީކާޑުގެ މުއްދަތު ހަމަވެފައި ވީ ނަމަވެސް ހިދުމަތް ދެވޭ ގޮތަށް ހަމަޖައްސާފައެވެ.

ޑީއެންއާރުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ، އެ އެންގުމުގެ މުއްދަތު ޖުލައި މަހުގެ 31 ދުވަހުގެ ނިޔަލަަށް އިތުރުކޮށްފައިވާ ކަަމަށެވެ.

އެގޮތުން އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ މި މަހުގެ އެއްވަވަނަ ދުވަހުގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ނަންބަރަށް ބަލައި ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!