Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

އިންޑިއާގެ ދަނޑުވެރިއަކަށް ލިބުނު ކުއްލި ޝޮކެއް: 15 ކިލޯމީޓަރަށް ހިނގާފައި ދާން ޖެހުނީ އެންމެ 3.86 ރުޕީސް ބެންކަށް ދައްކަން

އިންޑިއާގެ ދަނޑުވެރިއަކަށް ލިބުނު ކުއްލި ޝޮކެއް: 15 ކިލޯމީޓަރަށް ހިނގާފައި ދާން ޖެހުނީ އެންމެ 3.86 ރުޕީސް ބެންކަށް ދައްކަން

އެންމެ 3.46 ރުޕީސް ބެންކަށް ދެއްކުމަށް އިންޑިއާގެ ކަރްނަޓަކާގެ ދަނޑުވެރިއަަކަށް 15 ކިލޯމީޓަރަށް ހިނގާފައި ދާން ޖެހިއްޖެއެވެ.

އިންޑިއާގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އަމާޑޭ ލަކްޝްމިނަރަޔާނާ، މީގެ ދެތިން މަސް ކުރިން ނެގި ލޯނުގެ ބާކީ ބައި ވީއެންމެ އަވަހަކަށް ދައްކާ ޚަލާސް ކުރަން ދިޔުމަށް އެބޭންކުން ގުޅުމުން، އޭނާ ވަރަށް ހާސްވިއެވެ. އަދި ބޭންކާއި ހަމައަށް ދާން އެއްވެސް އުޅަނދެއް ނުލިބުމުން އޭނާ އެހިސާބަށް (15 ކިލޯމީޓަރަށް) ދިޔައީ ހިނގާފައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ބޭންކުން އެހާ ކުއްލިގޮތަކަށް ގުޅާފައި، އަވަހަށް ފައިސާ ދައްކަން ބުނިއިރު، ދައްކަންޖެހޭ އަދަދު ނުބުނާ ކަމަށާއި، އެއަދަދު އެނގުނީ ބޭންކަށް ދިޔުމުން ކަމަށް ވެސް އަމާޑޭ ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

އަމާޑޭ މިހާރު ވަނީ އެފައިސާ ދައްކާ، ނެގި ލޯނު އެއްކޮށް ދައްކާާ ނިންމާފައެވެ. ނަމަވެސް އެވަރު ކުޑަ އަދަދެއްގެ ފައިސާ ކޮޅެއް ވެސް ހޯދުމަށް އެބޭންކުން އެފަދަ ގޮތަކަށް ގުޅާ، އޭނާއަށް އެވަރުބޮޑު ތަކުލީފެއް ޖެއްސުމުން، އަމާޑޭ ހުރީ ޝޮކެއް ލިބި ވަރަށް ހިތުގައި ވެސްް ޖެހިފައެވެ.

ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި އަމާޑޭ ބޭންކުން ނެގީ 35000 ރުޕީސްގެ ލޯނެކެވެ. އޭގެތެރެއިން ސަރުކާރުން އެލޯނުގެ 32،000 ރުޕީސް ދައްކާދީފައިވާއިރު، އޭނާއަށް ހަމައެކަނި ޖެހުނީ އެންމެ 3000 ރުޕީސް ދައްކާށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް