ދުނިޔެ

ކޮވިޑް-19: އިންޑިއާގައި ބަލި ޖެހުނު މީހުންގެ އަދަދު ބައި މިލިއަނަށްވުރެ މައްޗަށް އަރައިފި!

ދެން އެމްވީ ، ދެން އޮންލައިން

އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ބައި މިލިއަނަކަށްވުރެ ގިނަ ވެއްޖެކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19 ގެ މިއަދުގެ ނަތީޖާއަށް ބަލާއިރު، އެޤައުމުން މިއަދު އެކަނިވެސް 18،500 މީހުން މިބައްޔަށް ފައްސިވެފައިވާކަން ހާމަވެފައިވެއެވެ. އަދި މިއަދަދާއެކު އިންޑިއާ ވެފައިވަނީ ދުނިޔޭގެ ނިސްބަތުން ބަލާއިރު މިބަލި އެންމެ ގަދަޔަށް ޖެހިފައިވާ ހަތަރުވަނަ ޤައުމަށެވެ.

އިންޑިއާގައި މިބަލި ޖެހިގެން މަރުވި މީހުންގެ އަދަދަށް ބަލާއިރު 24 ގަޑިއިރު ތެރޭގައި 385 މީހުން މަރުވެފައިވެއެވެ. އެއާއެކު ކޮވިޑް-19 ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 15،685 އަށް އަރާފައެވެ.

އިންޑިއާގައި މިބަލި ފެތުރުން މަދުވުމުގެ ނިޝާނެއް އަދި ފެންނަން ނެތް އިރު، ކަމާއިބެހޭ މާހިރުން ބުނެފައިވަނީ މިފަދަ ގޮތަކަށް ހާލަތު އޮންނަ ނަމަ އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އިންޑިއާގައި މިބަލި ޖެހުނު މީހުންގެ އަދަދު އެއް މިލިއަނަށް އަރާނެ ކަމަށެވެ.

ކޮވިޑް-19 އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުން ދިޔުމާއި ގުޅިގެން، އެޤައުމުގެ ބައެއް ސްޓޭޓް ސަރުކާރުން ދަނީ އަނެއްކާވެސް ފުރަބަންދު ކުރުމާއިމެދު ވިސްނަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!