މުނިފޫހިފިލުވުން

މި ބަލިމަޑުކަމުގައި އަމިއްލަ ގައުމުގައި ނުހުރެވޭތީ ޕްރިންސް ހެރީ ވަރަށް ދެރަވޭ

ދެން އެމްވީ ، ދެން އޮންލައިން

މި ބަލިމަޑުކަމުގެ ދުވަސްވަރުގެ އަމިއްލަ ގައުމުގައި ނުހުރެވޭތީ ޕްރިންސް ހެރީ އެކަމާ ވަރަށް ދެރަވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ރިޕޯޓުތައް މިހެން ބުނެފައިވަނީ "ރޯޔަލްސް އެޓް ވާ" ގެ ނަމުގައި އާންމުކޮށްފައިވާ ފޮތެއްގައެވެ.

Ads by Sosun Fihaara

މި ފޮތުގައި އިތުރަށް ބުނެފައިވާ ގޮތުގައި މޭގަން މަސައްކަތް ކުރަނީ ހޭރީ ވީހާ ވެސް ވަރަކުން އެމެރިކާ ގައި ވަޒަންވެރިކޮށްދިނުމަށެވެ. އަދި މި ބަލިމަޑުކަމުން ސަލާމާތްވެ އާންމު ހާލަތަށް ދެވުމުން ހެރީ އެމެރިކާގެ ދިރިއުޅުމަށް ލޯބިކުރާނެ ކަމުގައި ވެސް މި ފޮތުގައި ބުނެފައިވެއެވެ.

ހަމައެހެންމެ މޭގަން މަސައްކަތް ކުރަމުން އަންނަނީ އަމިއްލަ ބްރޭންޑެއް އުފެއްދުމަށް ކަމުގައި ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ހޭރީ އާ މޭގަން ޝާހީ މަސްއޫލިއްޔަތުން ދުރުވުމުން ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓު ތިބީ އަދާކުރަން ޖެހޭ މަސައްކަތްތައް ގިނަވެ ވަރަށް ބޮޑަށް ނުރުހުންވެފައިކަމަށްވެސް މި ފޮތުގައި ފާހަގަކޮށްފައިވެއެވެ.

ޕްރިންސް ހެރީ އާއި އަނބިކަނބަލުން ޝާހީ އާއިލާ އާ ވަކިވެ ވަޑައިގަނެ އެމެރިކާ އަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ މީޑިއާ ލޯތަކުން ދުރުގައި، އާދައިގެ ދިރިއުޅުމެއް ދަރިކަލުން އާޗީ އަށް ދިނުމުގެ ބޭނުމުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!