ޚަބަރު

އެމްޑީޕީން ބުނާ އެއްޗަކާ ކުރާ ކަމަކާ އުޑާ ބިމާހާ ތަފާތު ވާނެ: ޝިޔާމް

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީން ވިދާޅުވާ އެއްޗަކާއި ކުރާ ކަމަކާ އުޑާ ބިމާހާ ތަފާތު ވާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދުޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީޕީއެމުން ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރާތީ ރައްޔިތުންގެ މަޖިލީހުގެ ނަޝީދު ވަނީ ފާޑު ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދަވާ ގޮތުގައި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އެކަނި ވިސްނުމެކެވެ. އެ ނިޒާމް ހިންގަން އެހެން އެއްވެސް ޕާޓީއަކަށް ނޭނގޭނެ ކަމަށާއި ޕީޕީއެމުން އެކަން ކުރަން އުޅޭނެ ކަމެއް ނެތް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ އޮފީހުގައި އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ ޑިމޮކުރަސީގެ ބައްޕަ ކަމަށް ދައުވާ ކުރައްވާ ބޭފުޅުން އެފަދަ ވާހަކަ ދެއްކެވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

"މަލްޓި ޕާޓީ ޑިމޮކްރަސީއެއް އޮތް ކަން ނޭނގެނީތޯ؟ އެމްޑީޕީ އެކަނި ތޯ އޮންނަންވީ ސުވާލު އުފެދޭ، އެ ބޭފުޅުން ވިދާޅުވާ އެއްޗަކާ ކުރާ ކަމަކާ އުޑާ ބިމާހާ ތަފާތު ވާނެ." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލްގެ އިންތިޚާބަށް ޕީޕީއެމުން ނުކުންނަ ސަބަބަކީ ނާގާބިލް ސަރުކާރު ޖަވާބުދާރީ ކުރުމެވެ. މި ސަރުކާރުން ވެރިކަމަށް އައިއިރު ވެސް ކައުންސިލްތަކުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށް ކަމަށާއި އެއާއެކު މަޖިލީހުގެ މެޖޯރިޓީ ދިނުމުން ވެސް ސަރުކާރަށް ކުރެވުނު ކަމެއް ނެތް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!