މުނިފޫހިފިލުވުން

މިއާ ޚަލީފާގެ "ބަދު އަޚްލާގީ" ވީޑިއޯތައް އިންޓަނެޓުން ނެގުމަށް އެދި ޕެޓިޝަނެއް

ދެން އެމްވީ ، ދެން އޮންލައިން

ކުރިން ވިޔާނުދާ، ބަދު އަޚްލާޤީ ވީޑިއޯ ކުޅުނު މިއާ ޚަލީފާގެ އެވީޑިއޯތައް އިންޓަނެޓުން ނެގުމަށް އޭނަގެ ސަޕޯޓަރުންނާއި ގާތް މީހުން ޕެޓިޝަނެއް ފަށައިފިއެވެ.

Ads by STELCO

މިއާ ވަނީ މިހާރު ކުރީގެ އެދިރިއުޅުން ދޫކޮށްލާފައި، މުޅިން އައު، ރީތި ދިރިއުޅުމެއް ފަށާފައެވެ. ނަމަވެސް އޭނަގެ ކުރީގެ އެވީޑިއޯތައް އަދިވެސް ފެންނަން ހުރުމުން މިއާއަށް ވަރަށް ގިނަ ގޮންޖެހުންތަކާއި މާޔޫސްކަމާއި ކުރިމަތިލާން ޖެހޭކަމަށް އޭނަގެ ގާތް މީހުން ބުނެފައިވެއެވެ.

ކުރީގެ އެދިރިއުޅުން ހުއްޓާލީ އައިއެސްއައިއެސް ގެ ފަރާތުން މިއާ އަށް ލިބެމުންދިޔަ މަރުގެ އިންޒާރުތަކެއްގެ ސަބަބުން ކަމަށް އޭނާ ވަނީ އިންޓަވިއުއެއްގައި ބުނެފައެވެ. ނަމަވެސް ފަހުން އޭނާ އަމިއްލައަށް ވެސް ކުރީގެ އެދިރިއުޅުން މަތިން ވަރަށް ބޮޑަށް ލަދުގަނެ، އެކަން "ކުރެވުނު މޮޔައޭ" ހިތަށް އަރާކަމަށް ވެސް ބުނެފައިވެއެވެ.

އެދިރިއުޅުމުން ވަކިވެގެން މިހާރު ދުވަސްތަކެއް ވެފައިވީ ނަމަވެސް، އަދިވެސް އޭނަގެ ވީޑިއޯތަށް ފެންނަން ހުރުމުން މިއާއަށް ކޮންމެ ދުވަހަކު އެތަކެއް އިންޒާރާއި ފުރައްސާރައާއި ކުރިމަތިލާން ޖެހޭކަމަށާއި އެހެން ކަމުން އެވީޑިއޯތަށް އިންޓަނެޓުން އެއްކޮށް ނެގުމަށް އެދޭކަމަށް މިޕެޓިޝަނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!