އިނާޒްގެ އުދާސްތައް: ވަޒީރުކަމުގައި ދެ ފަހަރު ތުނބުޅި ބާލަން އެދުނު
ގައުމީ ފުޓްބޯޅައިގެ ދެ ކެޕްޓަނުން ކަމަށްވާ ޢަލީ އަޝްފާގާއި އަކްރަމް ޢަބްދުލްޣަނީ ތުނބުޅި ދިގުކޮށްފައި ހުންނާތީ ޖޯކް ޖަހައި ، ދީނީ ޝިޢާރުތަކަށް ކުރާ ފުރައްސާރައާ ގުޅިގެން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ފިނޭންސް މިނިސްޓަރ އަހުމަދު އިނާޒު އޭނާގެ އުދާސްތައް ހާމަ ކުރައްވައިފިއެވެ.
އިނާޒު ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވީ ދިވެހި ރާއްޖޭގައި އިސްލާމީވަންތަ ސަގާފަތެއް ދިރުވާ ހަރުދަނާ ވެދާނެތީ ރައްޔިތުން ދީނާ ދުރުކުރުވުމަށް ބޮޑުންތަކެއް ހިތްވަރުދީ ސިޔާސީ ނިވާފަތްގަނޑުގައި މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ.
“ބަނގުރާ އާންމު ކުރުމަށް މަސައްކަތް ކުރި ، މީހުންގެ އަބުރު ހާމަކަން ބޮޑުކޮށް އެކްޓިވިސްޓުންނާއި މަޖިލިސް މެމްބަރުން ލައްވާ ސިޔާސީ ނަމުގައި ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް ނަގާލަމުން ދަނީ ، ތައުހީދަކީ ޓެރެރިސްޓުން ގަބޫލު ކުރާ ކަމެއް ކަމަށް ދައްކަން މަސައްކަތް ކުރޭ ، ސުންނަތަށް ލޯބި ކުރާނަމަ އެމީހަކަށް ޖޯކް ޖަހާ “ އިނާޒު ވިދާޅުވިއެވެ.
އިނާޒު ވިދާޅުވީ 2011 ވަނަ އަހަރު އެމަނިކުފާނުގެ ވަޒީރުކަމުގައި ހުއްޓާ ސީނިއަރ މަޖިލިސް މެމްބަރަކު ، އެމަނިކުފާނުގެ ތުނބުޅި ބޭލުމަށް ދެ ފަހަރަކު އެދުނު ކަމަށެވެ. ނަމަވެސް ސިޔާސީ ނިވަލުގައި ތިބި ލާދީނީ މީހުންނާއި ސުންނަތަށް ލޯބި ކުރުމުގެ ނަމުގައި އުޅުއްވާ ބައެއް ބޭފުޅުން ވެސް އެހެން މީހުންނަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް އިނާޒު ވިދާޅުވިއެވެ.
“ޚިޔާލު ތަފާތުވުމަކީ ނުވަތަ ދީނަށް ގޮވާލުމަކީ އަނެކާގެ އަބުރު ނުވަތަ އަނެކާއަށް الله ދެއްވި ހުދޫދު ގެ ތެރެއިން ވާ މިނިވަން ކަމަށް އަރައިގަންނަން ޖެހޭ ސަބަބެއް ނޫނެވެ. އިޚްލާސްތެރި ހެޔޮ ބަދަލެއް ބޭނުންވޭ” މިއީ މަގޭ ވެސް ގައުމުގެ ގޮތުގައި ލިޔުއްވާ އިނާޒް ވިދާޅުވިއެވެ.
މަނިކުފާނުގެ ހިތްވަރަށް ސާބަސް، ﷲ ހެޔޮ ރަޙްމަތް ލައްވާށި.