Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދެ އަހަރުގެ ކުއްޖާ ރޭޕްކުރި މީހުންނަށް ބޮޑު އަދަބެއް ދޭންޖެހޭ: މައުމޫން

އުމުރުން އެންމެ ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި އެކަން ކުރި މީހުންނަށް ޤާނޫނީ ގޮތުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭން ޖެހޭނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ ދެކުނުގެ ރަށެއްގައި ދެއަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ދާދިފަހުން ފެންމަތިވުމާއި ގުޅިގެން ނެވެ.

އެކަމާއި ގުޅިގެން މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ގަބޫލުކުރަން ވެސް ދަތި ޖަނަވާރުންގެ އަމަލެއް ކަމަށާއި، އެކަން ކުރި ބަޔަކަށް ޤާނޫނީ ގޮތުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭން ޖެހޭނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

ރާއްޖޭގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު، ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަންވަނީ ފަށާފަ އެވެ. ފުލުހުން ބުނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު، އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާ ރޭޕް ކޮށްފައި ވަނީ އެ ކުއްޖާގެ ބައްޕަ އާއި ކާފަގެ އިތުރުން މުނި ކާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް