ދުނިޔެ

އުމުރުން އެންމެ ނުވަ އަހަރު, މަންމަ އާއި ދެ ކޮއްކޮ ނިމިދިޔަ މަންޒަރު ފެނުނީ ލޯކުރިމަތީގައި!

ދެން އެމްވީ ، ދެން އޮންލައިން

ވަރަށް ވެސް ހިތާމަވެރި ހާދިސާއެކެވެ. އުތުރު އިޓަލީވިލާތުގައި އިމާރާތަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން އާއިލާއެއް ވިއްސި ވިހާލި ވެއްޖެއެވެ.

Ads by Sosun Fihaara

އިމާރާތުން ބައެއް ވެއްޓުމުގެ ސަބަބުން އުމުރުން ނުވަ އަހަރު ކުޑަ ފިރިހެން ކުއްޖެއްގެ މަންމައާއި ދެ ކޮއްކޮ މަރުވީ، އޭނާގެ ލޯކުރިމަތީގައެވެ.

މިދިޔަ ބުދަ ދުވަހު ހިނގި މިހާދިސާގެ ސަބަބުން އަދިވެސް އުމުރުން ނުވަ އަހަރުގެ އެކުޑަކުއްޖާ ހުރީ ކުއްލި ސިހުމެއް ލިބިފައެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި އެއިމާރާތުން ބައެއް ވެއްޓި އުމުރުން 38 އަހަރުގެ ފައުޒިޔާ ތައުފީޤް އާއި އޭނާގެ އުމުރުން ފަސް އަހަރުގެ ފިރިހެން ދަރި ސުލައިމާން ހަނާޝް މަރުވީ ހަމަ އެވަގުތުގައެވެ.

އުމުރުން 15 މަހުގެ ތުއްތު ތުއްތު ޔައުސޫތު އެއިރު ދުނިޔޭގައި ހުއްޓެވެ. އެކުއްޖާ ނިޔާވީ ގައުތަކުގެ ތެރެއިން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

މިހާދިސާ ހިނގާފައިވަނީ ދިގުމިނުގައި ގާތްގަނޑަކަށް 230 ފޫޓު ހުރި ކޯނިސް ގަނޑަކާއެކު ފާރުން ބައެއް ވެއްޓުމުގެ ސަބަބުން ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މިހާދިސާގައި އުމުރުން 42 އަހަރުގެ އެހެން އަންހެނެއް ވެސް ޒަޚަމްވެފައިވެއެވެ.

މަންޒަރު ދުށް މީހަކު ބުނިގޮތުގައި، ކުއްލިއަކަށް ބާރުގަދަ އަޑެއް އިވުމުން އޭނާ މަގަށް ނިކުމެ ބަލާލި އިރު އިމާރާތުން ބައެއް ވެއްޓިފައިވާ ކަމަށެވެ.

"މަގުގެ އަނެއް ކޮޅުން އަހަންނަށް ފެނުނީ އެމީހުންގެ ދޮށީ ދަރި ރޮވިފައި ހުއްޓާ. އޭނާ އަހަމުން ދިޔައީ އޭނަގެ މަންމަ ކޮބާތޯ. އަހަރެން އޭނަ ގޮވައިގެން ސުޕަމާކެޓަށް ދިޔައިން އޭނަގެ ބައްޕަ އަންނަންދެން. ހާދިސާ ހިނގިއިރު އޭނަގެ ބައްޕަ ހުރީ ވަޒީފާ އަދާކުރަން ގޮސް" އެމީހާ ބުންޏެވެ.

ކުޑަ ފިރިހެން ކުއްޖާގެ ބައްޕަ ނޫރައްދީން ހަނާޝް އަކީ މެކޭނިކެކެވެ. އަނބިމީހާއާއި ދެދަރިން ފަޅި ސިކުންތެއްގެ ތެރޭގައި ދުނިޔެއިން ވަކި ވެގެން ދިޔުމުން ނޫރައްދީނަށް ވެސް ހުރީ ފުން އަސަރުތަކެއް ކޮށްފައެވެ.

"އަހަރެންގެ ދޮށީ ދަރި މިވަގުތު ހުރީ ރަށްޓެއްސެއްގެ ކައިރީގައި. ދަރިފުޅަށް އެހުރިހާ މަންޒަރެއް ވެސް ފެނުން. އެހެންވެ އަދި ހުރީ ޝޮކެއްގައި އަދި އޭނަގެ މަންމައާއި ދެ ކޮއްކޮ ވަކިވުމުން އެކަމުގެ ހިތާމައިގައި." ނޫރައްދީން ބުނެފައިވެއެވެ.

އިޓަލީގައި ދިރިއުޅޭތާ މިހާރު 20 އަހަރު ވެއްޖެ ކަމަށާއި އޭނާ ކައިވެނި ކުރީ 2007 ވަަނަ އަހަރުގައި ކަމަށް ވެސް ނޫރައްދީން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!