އެ ހަތަރު މެމްބަރުންގެ އިތުރުން ކޮމިޓީގެ މެމްބަރު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީއިން ކުރިއަށް ގެންދިޔަ އެވެ. މިއަދު ނިންމާފައި ވަނީ އާމިރާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ސީއެސްސީގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ވަކިކުރަން ކޮމިޓީން ނިންމިއިރު، މި ކަމުގައި ފަހު ގޮތެއް ނިމޭނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ. އެ ވޯޓު ނެގުމުގެ ކުރިން މައްސަލަ ދިރާސާކޮށް ކޮމިޓީން އެކުލަވާލާ ރިޕޯޓަށް ވެސް ތަޅުމުގައި ބަހުސެއް ކުރާނެ އެވެ.