ދުނިޔެ

އިންޑިއާ ގައި ޓިކްޓޮކާއެކު ޗައިނާގެ އިތުރު 58 އެޕްލިކޭޝަން ބޭންކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާ އާ ޗައިނާ ގެ ކޯޅުމުގައި، އިންޑިއާ އިން ޗައިނާގެ 60 އެޕްލިކޭޝަން އެއް ބޭން ކޮށްފިއެވެ.

Ads by Sosun Fihaara

އިންޑިއާ އިން ބޭން ކުރި އެޕްލިކޭޝަން ތަކުގެ ތެރޭގައި އިންޑިއާ މީހުންގެ ތެރޭގައި މަގުބޫލު އެޕެއް ކަމުގައިވާ ޓިކްޓޮކް ވެސް ހިމެނެއެވެ. މީގެ އިތުރުންވެސް މަޝްހޫރު އެކި އެޕްތައް ވަނީ ބޭން ކޮށްފައެވެ.

އެގޮތުން ޝީން، ޝެއާއިޓް، ހެލޯ، ވީޗެޓް، އަދި ޔޫޗީ ބްރައުސާ ފަދަ އެޕްތައް ވަނީ އިންޑިއާގައި ބޭން ކޮށްފައެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ އިން ހާމަކުރި ގޮތުގައި މި ފިޔަވަޅަކީ އިންޑިއާ ރައްޔިތުންގެ ސައިބާ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަަވަޅެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!