ޚަބަރު

ވާހަކަތައް މިހާރު ބަދަލުވެއްޖެ! އަންހެންމީހާ ބުނަނީ ގުނަވަންތަކުގައި އަތްލި ކަމަށް، ރޭޕް ނުކުރާ ކަމަށް!

ދެން އެމްވީ ، ދެން އޮންލައިން

ސަފާރީ ރޭޕް ކޭސް:

Ads by MWSC

މިމަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީ އަންްހެނަކު ރޭޕް ކުރި ކަމަށް ދެކެވެމުން އައި ވާހަކަތައް މިއަދު އޭނާ ދޮގުކޮށްފިއެވެ.

"މިހާރު" ނޫހަށް އޭނާ ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ ސަފާރީ ތެރޭގައި އެއަންހެން މީހާ ރޭޕް ނުކުރާ ކަމަށާއި، އެހެން ނަމަވެސް އޭނާގެ ޖިންސީ ގުނަވަންތަކުގައި އަތްލި ކަމަށެވެ. އަދި ސަފާރީގެ ޑެކުން ކަނޑަށް ފުންމާލީ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

"ޑެކު މަތީގައި ހުރެފައި އޭނަ އަހަރެންގެ އުރަމައްޗާއި ފޫކޮޅުގައި އަތްލީމަ ދުރަށް ޖެހުނީ. މިއީ އަހަރެންގެ ބޯޓު ކަމަށާއި ބޭނުން ކަމެއް ކުރެވިދާނެ ކަމަށް ބުނެ އޭނަ އެނބުރި ދިޔައީ. ދެން އަނެއްކާ ވެސް ފެނުނީ އަންނަތަން، ފެނުނީމަ ޑެކުމަތީގައި ހުރެފައި ފުންމާލީ. އަހަންނަށް ފަތަން އެނގޭ، ޖެހިގެން ސަފާރީއެއް ފެންނަން އޮތީމަ އެ ދިމާ އަށް ދާންވެގެން ފުންމާލީ." މިހާރު ނޫހަށް މައުލޫމާތު ދެމުން އުމުރުން 27 އަހަރުގެ އެކެންޔާ އަންހެންމީހާ ބުނެފައިވެއެވެ.

މީގެއިތުރުން އޭނާ ބުނީ ޑިންގީއެއްގައި ސަފާރީއަށް ގެންދިޔައީ ދެ ފިރިހެނުން ވެގެން ކަމަށާއި ސަފާރީއަށް ދިޔައީ އަންހެނުން ވެސް ތިބި ކަމަށް ބުނުމުން ކައމުގައި ވިޔަސް ދިޔައިރު އޭގައި އެއްވެސް އަންހެނަކު ނެތް ކަމަށެވެ.

ކޮންމެހެނަކަސް މިހާރު އޭނާ ބުނަނީ ރޭޕް ނުކުރާ ކަމަށާއި ހަމައެކަނި ކުރީ ޖިންސީ ގޯނާ ކަމަށެވެ. އަދި ފުލުހުންނަށް ވެސް މައުލޫމާތު ދިނީ އެފަދައިން ކަމަށާއި މިހާރު އެދެފިރިހެނުންނާއި ދެކޮޅަށް މައްސަލަ ނުޖައްސަން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެއީ އޭނާ އެއްވެސް މީހެއްގެ ނުފޫޒަކުންނާއި، އެއްވެސް މީހަކު ފައިސާތަކެއް ހުށަހަޅައިގެން ނިންމި ނިންމުމެއް ނޫން ކަމުގައި ވެސް އެއަންހެންމީހާ ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!