ޚަބަރު

މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން: އުޝާމް

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އުޝާމް މިހެން ވިދާޅުވީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާ އާއި އެވަގުތު ސީންގައި ތިބި ފުލުހުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކުރަން ނިންމުމުންނެވެ.

އެގޮތުން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހަކީ ތަހްގީގީ އިދާރާއެއް ނޫން ކަމަށާއި މިނިވަން މުއައްސަސާތައް އުފެއްދުމުގެ ބޭނުމަކީ މިކަހަލަ މައްސަލަތައް ބެލުން ކަމަށެވެ.

"މަޖިލީހުގެ ދައުރަކަށް ވާންޖެހޭނީ ސަރުކާރާއި މުއައްސަސާތަކުން ކަންކަންކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި، ފާރަވެރިވެ، އެމުއައްސަސާތައް ޖަވާބުދާރީކުރުވުން" އުޝާމް ވިދާޅުވިއެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކުރުމަށް ފަހު، ފަހުން ވަނީ ކުއްލި ގޮތަކަށް ދޫކޮށްލައިފަ އެވެ. އެ މީހުން ދޫކޮށްލީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރެއްގެ އާއިލާ މީހެއް ކަމަށް ބުނެ ފުލުހުންގެ އިސްވެރިން އެންގުމުން ކަމަށް ދަނީ އަޑުފެތުރެމުންނެވެ. ނަމަވެސް ފުލުހުން މި ކަން ދޮގު ކުރެ އެވެ. މައްސަލަ ބެލުމުގައި ނުފޫޒެއް ނެތް ކަމަށް ބުނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!