ދުނިޔެ

ފިލިޕީންސްގައި ބޮޑު ވާލެއް! މީހުންނަށް ބިރުން ނުވެސް ނިދޭ!

ދެން އެމްވީ ، ދެން އޮންލައިން

ރިސާޗަރުން ހޯދި ހޯދުންތަކަށް ބަލާއިރު، ވާ ވެފައިވަނީ ވަރަށް ވެސް ސިއްޙަތައް ގެއްލުންހުރި، ނުރައްކާތެރި ބަލިފަތުރާ އެއްޗަކަށެވެ. އެގޮތުން ބަލާއިރު ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސީންޑްރޯމް (ސާސް)، މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިސްޓަމް (މަރސް) އަދި ކޮވިޑް-19 ވެސް ހިމެނެއެވެ. ހަމައެކަނި "ވާލެކޭ" ބުނުމުން ވެސް ބައެއް މީހުން ބިރުން ހުން އަންނަވަރު މިހާރުވަނީ ވެފައެވެ.

Ads by Sosun Fihaara

ފިލިޕީންސުން ބޮޑު ވާލެއް ފެނިގެން މިހާރު ބައެއް މީހުން ތިބީ މިފަދަ ގޮތަކަށް ބިރުންނެވެ.

އޭގެ އިސްކޮޅަށް ބަލާއިރު ވެސް، ގާތްގަނޑަކަށް ހަތަރު ވަރަކަށް ފޫޓު ހުންނާނެ ކަމަށް ލަފާ ކުރެވެއެވެ.

ފޮޓޯއިން ފެންނަ ގޮތުގައި އެވައު އޮތީ މީހެއްގެ ގެއެއްގެ ދޮރުމަތީގައި ހުރި ގަހެއްގައި އެކޮޅު ކޮޅުން އެލިގެންނެވެ.

އެލެކްސް ކިޔާ މީހަކު އެވާލުގެ ދެ ފޮޓޯ ޓްވިޓަރ އަށް ލާފައިވާއިރު، މިވައްތަރުގެ ވާލަށް ކިޔަނީ "ގޯލްޑަން ކްރައުންޑް ފްލައިންގ ފޮކްސް" ކަމަށް ވެސް ބުނެފައިވެއެވެ. މިވައްތަރުގެ ވާލުގެ މޫނު ހުންނާނީ ހިޔަޅެއް ފަދައިން ކަމުގައާއި ފިޔަގަނޑުގެ ދިގުމިނުގައި ފަހެއް ބައި ފޫޓު ހުންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް އުފާވެރި ޚަބަރެއް އެބައޮތެވެ. ފިލިޕީންސުން ފެނުނު މިވައްތަރުގެ ވާލުގެ ސަބަބުން އިންސާނުންނަށް ނުރައްކަލެއް ކުރިމަތި ނުވާނެ ކަމަށާއި، މިފަދަ ވާލަކީ ތީން އާއި އެނޫންވެސް އެފަދަ މޭވާ އެކަނި ކައިގެން އުޅޭ ވައުތަކެއް ކަމަށް ރިސާޗަރުން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!