ދުނިޔެ

ބަލި މަންމައަށް އެހީތެރިވުމަށް 15 ފޫޓުގެ ވަޅެއް ކޮނެދީފި

ދެން އެމްވީ ، ދެން އޮންލައިން

އުމުރުން 24 އަހަރުގެ އަންހެނަކު އޭނާގެ ބަލި މަންމަ ފެން ނަގަން އެހީތެރިވުމުގެ ގޮތުން ވަޅެއް 15 ފޫޓުގެ ވަޅެއް ކޮނެދީފިއެވެ.

Ads by Sosun Fihaara

ބޮބީޓާ ސޯރެން ބުނިގޮތުގަައި އޭނަގެ އުމުރުން 50 އަހަރުވީ މަންމައަށް ކޮންމެ ދުވަހަކު ފެން ބަލާ 200 މީޓަރަށް ހިނގާފައި ގޮސް، ދިގު ކިޔުއެއްގައި ވެސް ހުންނަން ޖެހެއެވެ.

ބޮބީޓާ އަކީ ޕޮލިޓިކަލް ސައިންސް އިން އެމްއޭ ހަދައިގެން ހުރި މީހެކެވެ. އަދި މިހާރު އޭނާ ދަނީ އެދާއިރާއިން އިތުރަށް މަތީ ތައުލީމު ވެސް ހާސިލު ކުރަމުންނެވެ. އެހެންކަމުން ޔުނިވާސިޓީގެ ދުވަސްވަރު އޭނާ ދިރިއުޅެން ޖެހެނީ މަންމަ އާއި ދުރުގައި ހޮސްޓެލް އެއްގައެވެ.

"އަަހަރެންގެ މަންމަ ނީނާ ސޯރެން އަކީ ލޭމަދު މީހެއް. އެހެންވެ ވަރަށް އަވަސް އަވަހަށް ބަލިވޭ. އެންމެ ކުޑައިރުއްސުރެ ފެނޭ ފެން ހިފައިގެން އައިސް މަންމަ އުޅޭ ހާލު. އެކަމާއި އަހަރެން ވަރަށް ދެރަވޭ. ދޭހާ އަތްވެއްގައި މަންމަ ގޮސް ފެން ހިފައިގެން އައިސް އުޅެނީ ވަރަށް ބަލިވެ. އެހެންވެ އަހަރެން ބޭނުންވި އެކަމަށް ދާއިމީ ހައްލެއް ހޯދައިދޭން. އެހެންވެ ނިންމީ މަންމައަށްޓަކައި ފެން ވަޅެކޭ ހަދައިދޭނީ" ބޮބީޓާ ބުންޏެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި މިވަޅު ހެދުމުގެ މަސައްކަތް ބޮބީޓާ ފެށީ 2019 ވަނަ އަހަރުގައެވެ. ނަމަވެސް އެއިރު ދެބައިކުޅަ އެއް ބަޔަށް މަސައްކަތް ފަށާފައި އޭނާއަށް ޖެހުނީ ކިޔެވުން ފެށިގެން އެނބުރި ހޮސްޓެލަށް ދާށެވެ.

ނަމަވެސް ކޮވިޑްގެ ކަންތައް ޖެހުމުގެ ސަބަބުން އެނބުރި ގެއަށް ދާން ޖެހުމުން، ބޮބީޓާ ވަނީ އޭނާ ފެށި މަސައްކަތް ނިންމަން ފަށާފައެވެ.

ވަޅު ހެދުމުގައި ބޮބީޓާއަށް އެހީތެރިވެ ދިނީ އޭނަގެ ބައްޕަ އާއި ބޭބެ އެވެ. ލޮކްޑައުން ގެ ސަބަބުން މިމަސައްކަތް ކުރަން މަސައްކަތު މީހުންނެއް އޭނައަކަށް ނުލިބުނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!