މުނިފޫހިފިލުވުން

ކައިގެ ގިވްއަވޭގެ އިންތިޒާރުގައި އެތައް ބައެއް، 20000 މީހުން ބައިވެރިވި!

ދެން އެމްވީ ، ދެން އޮންލައިން

މަޝްހޫރު މޮޑެލް ކައިޒީން (ކައި) ގެ އިންސްޓަގްރާމްގައި 100،000 ފޮލޯވާސް ހަމަވުމުގެ އުފަލުގައި ގިވްއަވޭގައި 20،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އޭނާ ބުނެފިއެވެ.

Ads by MWSC

މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު މި މަހު 27 އަށް ހަމަވެ، ގިވްއަވޭ ލިބޭ މީހުން މިއަދު އިއުލާންކުރާނެ އެވެ. ވަގުތު ހަމަވި އިރު މި ގިވްއަވޭގައި 20،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ކައި ބުންޏެވެ.

އިންސްޓަގްރާމްގައި ކައި ގެ ފޮލޯވަރުންގެ އަދަދު އެއް ލައްކައަށް އެރުމުގެ އުފަލުގައި، ގުރުއަތުން ހޮވޭ ތިން މީހަކަށް 1،000 އެމެރިކާ ޑޮލަރު (15،000 ރުފިޔާ) ލިބޭ މި ގިވްއަވޭގައި އޭނާގެ ޕޭޖް ފޮލޯކޮށް، އިނާމުދޭނެކަމަށް އިއުލާނު ކޮށްފައިވެއެވެ. ޕޯސްޓަށް ލައިކް ދިނުމަށާއި، ކޮމެންޓު ސެކްޝަންގައި އިތުރު ތިން މީހަކު ޓެގް ކުރުމުގެ އިތުރުން، އެޕޯސްޓު އެމީހެއްގެ ސްޓޯރީއަށް ލުމަށްފަހު އިނާމު ލިބެންވީ ސަބަބު ބަޔާން ކުރުމަށް ވެސް ކައި ވަނީ އެދިފައެވެ. އަދި އެމީހެއްގެ ޕްރޮފައިލް ޕަބްލިކް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ކައިވަނީ އެދިފައެވެ.

ގިނަ ބަޔަކު އަންނަނީ ކައިޒީން ގެ ގިވްއަވޭ ހަމަހަމަކަމާއެކު ގުރުއަތުން ހޮވޭ ތިން ފަރާތަށް ދޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނަމުންނެވެ. ނަމަވެސް ކައިޒީން ވެސް ފިޓްފާޒިލް ފަދައިން ކަންތައް ކޮށްފާނެ ކަމަށް ބުނާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.

ފިޓްފާޒިލް އޭނާގެ ގިވްއަވޭ ގެ ނަސީބުވެރިޔަކަށް ހޮވީ ފޭކް އައިޑީ އެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޒިލް ދިވެހިންނަށް އޮޅުވާލައި މަކަރު ހެދީ ކަމުގައި ބުނަމުންނެވެ. އަދި ގިނަ ބަޔަކު އަންނަނީ އޭނާ އިންސްޓަގްރާމް އިން އަންފޮލޯ ވެސް ކުރަމުންނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!