ޚަބަރު

ޓިކްޓޮކް ބޭން ކުރިޔަސް، އެޕް ޑައުންލޯޑު ކޮށްފައި ހުރި މީހުނަށް ބޭނުން ކުރެވޭނެ

އިންޑިއާ އާ ޗައިނާގެ ކޯޅުމުގައި އިންޑިއާ ގައި ޗައިނާގެ 59 އެޕްލިކޭޝަން އެއް ބޭން ކޮށްފައިވީނަމަވެސް، އެ އެޕްތައް ކުރިން ޑައުންލޯޑުކޮށްފައި ހުރި މީހުނަށް އަދިވެސް އެ އެޕްތައް ބޭނުން ކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޓިކްޓޮކާއެކު ބޭން ކުރި ހުރިހާ އެޕްތަކެއް މިހާރު ވަނީ އިންޑިއާ ރީޖަން ގެ އެޕް ސްޓޯރާއި ޕްލޭސްޓޯރުން ނަގާފައެވެ. މި އެޕްތައް އިންޑިއާ ގައި ބޭން ކޮށްފައިވަނީ އިންޑިއާގެ ރައްޔިތުންގެ ސަލާމަތާއި އިޖުތިމާއީ ހަމަޖެހުމަށްޓަކައި ކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ.

އިންޑިއާ ގައި ބޭން ކުރި އެޕްތަކުގެ ތެރޭގައި ޓިކްޓޮކް ގެ އިތުރުން ޝީން، ޝެއާއިޓް، ހެލޯ، ވީޗެޓް، އަދި ޔޫޗީ ބްރައުސާ އަދި ޕަބްޖީ ފަދަ އެޕްތައް ވަނީ އިންޑިއާގައި ބޭން ކޮށްފައެވެ.

މީގެ ކުރިން ވެސް އިންޑިއާގައި މީގެ ކުރިން ދެ ތިން ފަހަރެއްގެ މަތިން ވަނީ ބޭން ކޮށްފައެވެ. ނަމަވެސް މާ ގިނަ ދުވަހު އެ ބޭން ދެމިގެން ގޮސްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!