ޚަބަރު

ސަރުކާރު އޮފީސްތަކާއި ކެފޭ، ރެސްޓޯރަންޓުތައް މާދަމާ ހުޅުވަނީ

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރު އޮފީސްތަކާއި ކެފޭ، ރެސްޓޯރަންޓުތައް މާދަމާ ހުޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތްތައް މާދަމާއިން ފެށިގެން ހުއްޓާލާނެ ކަމަށެވެ.

އަދި ނިއު ނޯމަލްގެ ދަށުން މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައް މާދަމާ ހުޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ފިހާރަތަކާއި، ކެފޭ،ރެސްޓޯރެންޓު ފަދަ ތަންތަން ވެސް މާދަމާއިން ފެށިގެން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

މި އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހު މާލެ ކޮވިޑްގެ ކޭސްއެއް ފެނުމާ އެކު، މާލެ ސަރަހައްދު ލޮކްޑައުންކޮށް މުޅި ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި އެވެ. އަދި ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިކަން ވެސް މުޅިން ހުއްޓުނެވެ.

ނަމަވެސް މިހާރު ކޮވިޑްގެ ހާލަތު ރަނގަޅުވެ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ވެސް ހުޅުވާލައި ޓޫރިޒަމް ވެސް ފަށާނެ އެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!