ދުނިޔެ

އިތުރު ބަލިމަޑުކަމެއްގެ ބިރު : ޗައިނާގައި އާ ވައްތަރެއްގެ ސްވައިން ފްލޫ އެއް ފެތުރެނީ

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާއިން އާ ވައްތަރެއްގެ ސްވައިން ފްލޫ އެއް ޗައިނާގެ ސައިންސްވެރިންނަށް ފެނިއްޖެއެވެ.

Ads by WAMCO

ޔޫއެސް ޖާނަލް ޕީއެންއޭއެސް ގެ ޝާއިއުކޮށްފައިވާ ރިޕޯޓުގައި ބުނާ ގޮތުން 'ޖީ4' ނަމަކަށް ކިޔޭ މި އާ ވައިރަހަކީ 2009 ވަނަ އަހަރު ފެތުރުނު އެޗްވަން ވައިރަސް އިން ޖެނެޓިކަލީ އައިސްފައިވާ ވައިރަހެކެވެ. އަދި މި ވައިރަހުގައި އިންސާނުންގެ ހަށިގަނޑަށް ބަލި ޖެއްސުމުގެ ބާރު ލިިފައިވާ ކަން ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

2011 ވަނަ އަހަރުން ފެށިގެން އައިސް 2018 ވަނަ އަހަރުގެ ނިޔަަލަަށް ޗައިނާގެ 10 ސަރަހައްދެއްގައި ސައިންސްވެރިން ވަނީ 30،000 އޫރުގެ ނޭވާލާ ނިޒާމުގެ ސާމްޕަލް ނަގާފައެވެ. އަދި މި މަސައްކަތުގައި ވަނީ 179 ވައްތަރެއްގެ ސްވައިން ފްލޫ ދެނެގަނެ އައިސޮލޭޓު ކޮށްފައެވެ.

މީގެ ތެރެއިން ގިނައިން ފާހަގަވެފައިވަނީ 2016 ވަނަ އަހަރުން ފެށިގެން އޫރުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ވައިރަހެކެވެ.

ސައިންސްވެރިން 'ޖީ4' ނަމަކަށް ކިޔާ ވައިރަސް އަދިވެސް ދިރާސާކުރަމުން އަންނައިރު، މި ވައިރަހުގެ ބާރުގަދަ ކަން ވަނީ ފާޙަގަވެފައެވެ. އެގޮތުން އިންސާނުންގެ ހަށިގަނޑަށް ވައިރަސް ވަނުމަށް ފަހ ވައިރަސް އިތުރުވާލެއް ވެސް އެހެން ވައިރަސް ތަކަށް ވުރެ އަވަސްވެފައި ގިނައެވެ.

އަދި އާންމު އިންފްލޫއެންޒާ ތަކުން ލިބޭ ދިފާއީ ބާރުން ޖީ4 އިން ދިފާއު ނުވެވޭނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ވައިރަސް މިހާރު ޖަނަވާރުންގެ ފަރާތުން އިންސާނުންގެ ގަޔަށް އަރާފައިވާ ކަމަށް ސައިންސްވެރިން ބުނާއިރު، އިންސާނުންގެ ގައިން އިންސާނަކު ގަޔަށް އެރި ކަމަށް އަދި ރިޕޯޓުކުރެވިފައެއް ނުވެއެވެ. ނަމަވެސް ސައިންސްވެރިން ގެ އެންމެ ބޮޑު ކަންބޮޑު ވުމަކީ މި ވައިރަސް ގައިން ގަޔަށް އަރާ ވައިރަހަކަށްވެ، އިތުރު ބަލިމަޑުކަމަކަށް ދުނިޔެ ދިޔުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!