ޚަބަރު

މާދަމާއިން ފެށިގެން މާލޭގެ މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ: ރައީސް

މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާއިން ފެށިގެން މާލޭގެ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދެއްވާފައިވާކަމަށެވެ.

މާދަމާއިން ފެށިގެން މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފައިވާއިރު، ނިއު ނޯމަލްގެ އުސޫލުތަކާއެއް އެއްގޮތަށް މާދަމާއިން ފެށިގެން އޮފީސްތަކާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އޭގެފަހުން މާލޭގައި ކޯވިޑް ފެތުރެން ފެށުމުން މިސްކިތްތައްވެސް ބަންުދުކުރިއެވެ. އަދި ލޮކްޑައުންއަށް ލުއި ދިނުމަށްފަހު، ޖަމާޢަތް ނުހަދާ މިސްކިތުގައި ނަމާދުކުރުމުގެ ހުއްދަ މިމަހުގެ 14 ވަނަ ދުވަހު ވަނީ ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!