ޚަބަރު

5.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ކަނޑުމަތިން ހަ މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަ މީހަކު ކަނޑުމަތިން ރޭ ހައްޔަރުކޮށްފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަ މީހުންގެ އަތުން އަތުލައިގެންފައިވަނީ 5.5 ކިލޯގެ ހެރޮއިން ކަމަށެވެ. އެ މަސްތުވާތަކެއްޗަކީ ގދ. ތިނަދޫއިން އައްޑޫ ސިޓީއަށް ސްޕީޑް ބޯޓެއްގައި ގެންދިޔަ މަސްތުވާތަކެތި ކަމަށް ހަމީދު ވިދާޅުވި އެވެ.

މި ކާމިޔާބު އޮޕަރޭޝަންގައި ހަރަކާތްތެރިވި އައްޑޫ ސިޓީގެ ފުލުހުންގެ ޓީމާއި އެމްއެންޑީއެފްގެ ޓީމަށް ސީޕީ ވަނީ ތައުރީފް ކުރައްވާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!