މުނިފޫހިފިލުވުން

ބުލްބުލް، ނެޓްފްލިކްސް އިން ބަލާލަން ރަނގަޅު ފިލްމެއް

ދެން އެމްވީ ، ދެން އޮންލައިން

ނެޓްފްލިކްސްގައި އެންމެ ފަހުން ރިލީސްކޮށްފައިވާ އިންޑިއަން އޮރިޖިނަލް ފިލްމް، 'ބުލްބުލް' އަކީ އަންވިތާދަތު ޑައިރެކްޓްކޮށް މަޝްހޫރު ބޮލީވުޑްގެ ތަރި، އަނުޝްކާ ޝަރްމާ ކޯ ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. ފިލްމްގައި ދައްކައިދެނީ 19 ވަނަ ގަރުނުގެ ފަހުކޮޅުގެ ބެންގާލްއެވެ.

Ads by STELCO

މިފިލްމު މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ދޮށީ އުމުރެއްގެ ޝާހީ އާއިލާއެއްގެ މީހަކާ ކައިވެނިކުރާ ކުޑަ އަންހެން ކުއްޖެއްގެ މައްޗަށެވެ. އެ އާއިލާގެ އެންމެ ހަގު ފިރިހެން ކުއްޖާ، ސަތުޔާއާއި ބުލްބުލް ބޮޑުވެގެން އަންނަނީ އެކުގައެވެ. ތަޢުލީމް ހާސިލްކުރުމަށްޓަކައި ސަތުޔާ އިންގްލޭންޑަށް ފޮނުވާލެވެއެވެ. އޭނާ އައުމަށްފަހު އޭނާއަށް ފެނިގެންދަނީ އޭނާގެ ބޭބެ ބުލްބުލް ދޫކޮށް ދިއުމަށްފަހުގައިވެސް ބުލްބުލް އެ ސަހަރުގެ މީހުންނަށް އެހީތެރިވުމުގެ ތެރޭގައި އުޅޭތަނެވެ. އެސަހަރުގެ މީހުން ޝިކާރަ ކުރަމުންދާ ފުރޭތައެއް އުޅެމުންދާ ކަމަށް ގިނަ ބަޔަކު ބުނެއެވެ. މިކަމުގެ ހަގީގަތް ހޯދަން ސަތުޔާ އުޅޭތަން ފެނިގެންދެއެވެ.

ފިލްމް ރިލީސްކުރިތާ މަދު ދުވަސްކޮޅެއްވީއިރު ގިނަބައެއްގެ ލޯބި މިފިލްމަށް ލިބިގެން ގޮސްފައިވެއެވެ. ހާއްސަކޮށް، ބުލްބުލްގެ ރޯލް ކުޅެފައިވާ ޓްރިޕްތީ ދިމްރީއަށް ތައުރީފުގެ ބަސްތަކުން މީސްމީޑިއާ ފުރާލައިފައިވެއެވެ.

'ބުލްބުލް' އަކީ އަންހެނުންނަށް މުޖުތަމައުގައި ދިމާވާ އެތައް މައްސަލަތަކެއް ދައްކުވައިދޭ ފިލްމެކެވެ. މީގެ ސާޅީހަކަށް އަހަރުގެ ކުރީގެ ވާހަކައެއް ކަމުގައިވިޔަސް މިޒަމާނުގެ އަންހެނުންނާވެސް ވަރަށް ގުޅެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!