މުނިފޫހިފިލުވުން

ކަރަންޓު ބިލް ބޮޑުވެގެން ތާޕްސީ ރަތަށް!

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ތަރި، ތާޕްސީ ޕަންނޫ އޭނާގެ ގޭގެ ކަރަންޓު ބިލް ބޮޑުވެގެން އެކަމުގެ ކަންބޮޑުވުން މީސްމީޑިއާގައި ހިއްސާކޮށްފިއެވެ. 36،000 އިންޑިއަން ރުޕީސް އަރާފައިވާ ކަރަންޓު ބިލުގެ ފޮޓޯއެއް ޓްވީޓް ކުރަމުން ތާޕްސީ ބުނެފައިވަނީ 3 މަސް ދުވަހުގެ ލޮކްޑައުންއެއް ދިޔައިރު މިމަހުގެ ކަރަންޓް ބިލް ބޮޑުވީ އޭނާއަށް އިތުރު ކޮންއެއްޗެއް ބޭނުންކުރެވިގެން ކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ.

Ads by MWSC

މީގެ އިތުރުން ތާޕްސީ ވަނީ އޭނާގެ މިލްކުގައިވާ އެހެން ގެއެއްގެ ކަރަންޓު ބިލުވެސް ހިއްސާކޮށްފައެވެ. ލޮކްޑައުންގެ ތެރޭގައި އެގޭގައި އެއްވެސް މީހަކު ނޫޅޭ ކަމަށާއި އެކަމަކުވެސް ބިލް އެހާ ބޮޑުވުމުން އޭނާ ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ތާޕްސީގެ މިއަމަލުން ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔައެވެ. ސަބަބަކީ ކަރަންޓު ބިލް ބޮޑުވުންފަދަ ކަންކަމަކީ މިފަދަ ބޮޑެތި ސްޓާރުން އާންމުކޮށް ދައްކައިއުޅޭ ކަހަލަ ވާހަކައަކަށް ނުވާތީއެވެ.

އާންމުގޮތެއްގައި ގިނަބަޔަކު ތާޕްސީ ދެކެނީ ކަންކަމުގައި އަޑުއުފުލާ، އެހެން މީހުން ކިޔާ އެއްޗަކަށް ނުވިސްނާ "ބޯލްޑް" ތަރިއެއްގެ ގޮތުގައެވެ. ކަރަންޓް ބިލު ހިއްސާކުރި މިހާދިސާއިން މިކަން ސާބިތުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!