މުނިފޫހިފިލުވުން

ސުޝާންތުގެ މަރާއި ގުޅިގެން ހޫނުފެނަށް ވެއްޓުމުން "ކޮފީ ވިތު ކަރަން" ވެސް ހުއްޓާލަނީ!

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތު ގެ މަރާއި ގުޅިގެން އެންމެ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓެން ޖެހުނު އެކަކީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ކަރަން ޖޯހަރޭ ބުނުން ދޮގަކަށް ނުވާނެއެވެ.

Ads by MWSC

އެގޮތުން އޭނާ އުފައްދާ ހޯސސްޓު ކުރަމުން ގެންދާ ޗެޓް ޝޯއެއް ކަމަށްވާ "ކޮފީ ވިތު ކަރަން" އާއި ބެހޭގޮތުން ވެސް އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށް، އެޝޯއަށް އެރި ބައެއް މެހެމާނުންގެ ފަރާތުން ވެސް ސުޝާންތަށް މާޔޫސްކަން ލިބުނު ކަމަށް ބުނެފައެވެ.

އެގޮތުން މިޝޯއާއި ބެހޭގޮތުން އެންމެ ފަހުން ލިބުފައިވާ ރިޕޯޓުތަކާއި ބެހޭގޮތުން އެނގިފައިވަނީ، ވަރަށް އަވަހަށް "ކޮފީ ވިތު ކަރަން" އެއްކޮށް ހުއްޓާލާނެ ކަމަށެވެ. މިޝޯދައްކަމުން ގެންދާ ޗެނަލް "ސްޓާރ ވޯލްޑުން" އެންމެ ފުރަތަމަ ނިންމީ އެހެން ޗެނަލަކަށް އެޝޯވ ބަދަލު ކުރުމަށެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑު ކިޔުމާއި ނުރުހުން އަމާޒުވެފައިވާއިރު ދެން އެންމެ ރަނގަޅުވާނީ ޝޯ އެއްކޮށް ހުއްޓާލުން ކަމަށް ވެސް އެޗެނަލުން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

"ކޮފީ ވިތު ކަރަން" ޝޯ ހުއްޓާލަން ނިންމާފައިވީ ނަމަވެސް، އަދި އެޝޯ ހުއްޓާލާނީ ކޮން ދުވަހަކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ސުޝާންތު ގެ މަރާއި ގުޅިގެން ގިނަ ބަޔަކު އެންމެ އެއްޗެހި ކިޔާފައިވަނީ ކަރަން ޖޯހަރް އާއި އާލިއާ ބަޓް ގެ އިތުރުން ސޯނަމް ކަޕޫރު އަހޫޖާ އާއި އަނަންޔާ ޕާންޑޭ އާއި ދިމާލަށެވެ. ގިނަ މީހުން ބުނެފައިވާ ގޮތުގައި ކަރަން ފަށައިގެން އުޅޭ އެޝޯގައި ވެސް ސުޝާންތު ފަދަ އިންޑަސްޓްރީގެ ބޭރުން ދާއިރާއާއި ގުޅިފައިވާ މީހުންނާއި ދިމާލަށް، "ކޮފީ ވިތު ކަރަން" ގައި ކަރަން އާއި އެޝޯއަށް އަރާ މެހެމާނުން ވަނީ މަލާމާތް ކޮށްފައަެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!