Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކުޅުދުއްފުއްޓާ އައްޑޫއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ، އެއްކޮޅު ޓިކެޓް 1444ރ އަށް

ކުޅުދުއްފުއްޓާ އައްޑޫއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ، އެއްކޮޅު ޓިކެޓް 1444ރ އަށް

ކުޅުދުއްފުށި ސިޓީއާ އައްޑޫ ސިޓީއާ ދެމެދު ސީދާ ދަތުރު ފަށަން ތައްޔާރުވެފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނީ މި ދެ ސިޓީ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާނެ ކަމަށެވެ. އެގޮތުން ހަފްތާގެ ބުރާސްފަތި ދުވަހު ކުޅުދުއްފުށި ސިޓީން އައްޑޫ ސިޓީ ގަމަށް، އަދި ހޮނިހިރު ދުވަހު އައްޑޫސިޓީ ކަމުން ކުޅުދުއްފުށި ސިޓީއަށް ދަތުރު ކުރާނެ އެވެ. މި ދަތުރުގެ ޓިކެޓްގެ އަގަކީ ކޮޅަކަށް 1444 ރުފިޔާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މި ދަތުރުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޓްރާންސިޓެއް ކުރާނެއެވެ. ފިއުލްއަޅަން ވިއްސަކަށް މިނެޓް ޓްރާންސިޓްކުރާއިރު ފަސިންޖަރުން ބޯޓްގައި މަޑުކުރާނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

Advertisement
Allied — Dhen Online (box)

ކޮވިޑާ ގުޅިގެން އުދުހުންތައް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށާއިރު އެތެރޭގެ އެއް އެއާޕޯޓުން އަނެއް އެއާޕޯޓަށްވެސް ދަތުރު ކުރެވޭނެ ކަމަސް މޯލްޑިވިއަނުން ބުނެއެވެ. އެގޮތުން ބ. ދަރަވަންދޫން ހދ. ހަނިމާދޫއަށް، ތ. ތިމަރަފުށިން ކައްދުއަށްވެސް ވަނީ ދަތުރު ޝެޑިއުލްކޮށްފައެވެ. އަލުން ދަތުރުތައް ފަށާއިރު މޯލްޑިވިއަންގެ އެޕުންނާއި ވެބްސައިޓު މެދުވެރިކޮށްވެސް މިހާރު ޓިކެޓް ބައްލަވައިގަނެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް