ގުޅީފަޅަކީ ކުރު މުއްދަތެއްގައި ފުރޭނެ ވަގުތީ ޕޯޓެއް: މުއިއްޒު
ގުޅީފަޅުގައި އެޅޭނީ އަވަހަށް ފުރިގެންދާނެ ވަގުތީ ބަނދަރެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތިލަފުށީގައި މި ސަރަހައްދުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރު އެޅޭނެ ޖާގަ ވެސް އެބަ އޮތް ކަމަށާއި ގުޅިފަޅުގައި ބަނދަރު އަޅާނަމަ އަވަސް ، ކުރު މުއްދަތެއްގެ ތެރޭގައި ފުރިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީން ނިންމެވި ގޮތަށް މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއްގެ ގޮތުން ގޯތި، ފްލެޓް ، ގުޅިފަޅު، ފުށިދިއްގަރު ފަޅު ހިއްކާޢީ ދިނުމަށް ސަރުކާރަށް ގޮވާލަން." މުއިއްޒު ވިދާޅުވިއެވެ.
Gulhifalhakee kuru muhdhathehgai fureyne vaguthee port eh. Thilafushigai mi sarahdhahuge emme bodu port hedheyne jaaga ebaoi. RY nimmevi gothah, Male rayyithunge boahiyaavahikamah hallehge gothun goathi, flat Gulhifalhu, Fushidhiggaru falhu hikkaafa dhinumah sarukaarah govaalan!
— Dr Mohamed Muizzu (@MMuizzu) June 30, 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައި ގުޅީފަޅު ހިއްކައި އެތާނގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށެވެ. ގުޅިފަޅުގައި މިހާރު ހިއްކާފައިވާ ބިމުގެ ސަރަހައްދު ވެސް ހިއްކާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެ ތަނުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަޝްރޫއެއްގެ ދަށުންނެވެ.
ގުޅިފަޅުގައި ތަރައްގީކުރާ އިންޓަނޭޝަނަލް ޕޯޓުގެ ކޮންސަލްޓެންސީ މަސައްކަތް އެއް މިލިއަން ޑޮލަރަށް ހަވާލުކޮށްފައިވަނީ ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށެވެ. އެއީ ޑެންމާކްގެ ކުންފުނި ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ކުންފުންޏަށެވެ.