ޚަބަރު

އިންޑިއާގައި ތާށިވެފައިތިބި 91 ދިވެއްސަކު ބޭސްފަރުވާއަށްފަހު ރާއްޖެ ގެނެސްފި!

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގައި ތާށިވެފައި ތިބި 91 ދިވެއްސަކު މިއަދު ރާއްޖެ ގެނެސްފިއެވެ.

Ads by Sosun Fihaara

ބޭސްފަރުވާ ވެސް ނިމި، ރާއްޖެ ނާދެވިފައި ތިބި އެ ދިވެހިން ރާއްޖެ ގެނެސްފައިވަނީ އާސަންދައިގެ ދަށުން ރޭ އިންޑިއާއަށް ބޭސްފަރުވާ ހޯދުމަށް ބަލިމީހުން ގެންދިޔަ މޯލްޑިވިއަންގެ ފްލައިޓުގައެވެ.

މޯލްޑިވިއަނުން އަންނަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ނާދެވފިފައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ރާއްޖެ ނާދެވިފައިތިބި ދިވެހިން ގެނައުމަށް މިހާތަނަށް 38 އަށްވުރެ ގިނަ ދަތުރުކޮށް، 4000 އަށްވުރެ ގިނަ ދިވެހިން ރާއްޖެއަށް ގެނެސްފައިވާ ކަމަށް މޯލްޑިވިއަނުންް ހާމަކޮށްފައިވެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!