އެގޮތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ރޭ ވިދާޅުވީ މަޖިލީހަކީ ތަހްގީގީ އިދާރާއެއް ނޫން ކަމަށާއި މިނިވަން މުއައްސަސާތައް އުފެއްދުމުގެ ބޭނުމަކީ މިކަހަލަ މައްސަލަތައް ބެލުން ކަމަށެވެ.
މަސް ކައްކާ ތަނަކަށް ވުރެ މަޖިލީހުގެ ހާލަތު ގޯސް: ސައީދު
މަސް ކައްކާ ތަނަކަށް ވުރެ ރައްޔިތުންގެ މަޖިލީހުގެ ހާލުތު ގޯސް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅު ވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ މަޖިލީހަކީ "މަސް ކައްކާ ތަނެއް ނޫން" ކަމަށާއި މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ ކަންކަމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދުގައި މަޖިލީހަށް މަތިކޮށްފައިވާ ކަންކަން ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
ނަޝީދަށް ރައްދު ދެއްވައި ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސް ފެކްޓަރީތަކުގައި ވެސް ގަޔަށް ބޮލަކަށް ނާރާ ކަމަށެވެ.
"ތަޅާ ފޮޅުމުގެ ބާރު ނެންގެވި ފޮޅުވަތެއް މަޖިލިސްގެ ގަވާއިދުގައި އެބަ އޮތް ތޯ؟" ސައީދު ސުވާލު ކުރެއްވިއެވެ.
E ah vure maa bodah haalu goas. Mas factory thakugaives gayah bolakah naaraa. Thalhaa folhumuge baaru nengevi folhuvatheh Majlis gavaaidhuga eba oiytho? https://t.co/2JtSWkdUvN
— Mohamed Saeed (@em_saeed) June 30, 2020
ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން އަމަލުކުރާ ކަމަށް ކުރާ ބައެއް މެމްބަރުން ވަނީ ތުހުމަތު ކުރައްވާފައެވެ.
އެގޮތުން ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ މަޖިލީހާއި މަޖިލީހުގެ ކޮމިޓީތަކުން ތަހުގީގީ ނަޒަރަކުން ބަލަން އުޅޭ ކަމަށް ބައެއް މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.