ބީއެމްއެލް ބުނެފައިވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ފަސް ދުވަހަށް އެ ބޭންކުގެ ބްރާންޗުތައް ބަންދުކުރި ނަމަވެސް، އޭޓީއެމް އާއި ފޯނުން އަދި އެ ބޭންކުގެ ފޭސްބުކް އާއި ޓުވިޓާ މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ލިބެންހުންނާނެ ކަމަށެވެ.
ބީއެމްއެލް އިން ބުނެފައިވަނީ ބްރާންޗު ތަކުގެ ހިދުމަތް އަލުން ފަށަން ހަމަޖެހިފައިވަނީ، އަންނަ މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. މި ދޭތެރޭގައި ބޭންކުގެ ބްރާންޗުތަކުން ހިދުމަތް ނުލިބޭނެތީ ކަސްޓަމަރުން ސަމާލުވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.