މުނިފޫހިފިލުވުން

ކައި ގެ ދީލަތިކަން: ގިވްއަވޭގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށް ފުރޮޅުލީ ގޮނޑިއެއް ވެސް ހަދިޔާ ކޮށްފި!

ދެން އެމްވީ

މިއަދަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އެއް ކަމެއްގެ ފޮނި ނިމުމެއް އައި ދުވަހެވެ.

ރާއްޖޭގެ ރީތި މޮޑެލް ކައިޒީން (ކައި) އިންސްޓަގްރާމް މެދުވެރިކޮށް ފެށި ގިވްއަވޭގެ ނަތީޖާ އިއުލާނު ކުރި ދުވަހެއެވެ.

ކައި އިއުލާނުކުރި ގިވްއަވޭގައި ނަސީބުވެރި ތިން ފަރާތެއް އިއުލާނު ކޮށްފައިވާއިރު، އޭގެން ކޮންމެ މީހަކަށް 1000 އެމެރިކާ ޑޮލަރު އޭނާ ހަދިޔާ ކޮށްފައިވެއެވެ.

ގިނަ ބަޔަކު މިގިވްއަވޭގައި ބައިވެރިވެ، އެމީހެއްގެ ނަސީބުގެ އަޖުމަ މިވަނީ ބަލާފައެވެ. އެގޮތުން ކޮންމެހެން ވެސް މިފައިސާ އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ތިން ފަރާތަކަށް ހަދިޔާ ކޮށްފައިވާއިރު، އޭގެ އިތުރުން އެއް ފަރާތަކަށް އެހީތެރިވުމުުގެ ގޮތުން ކައި މިވަނީ ފުރޮޅުލީ ގޮނޑިއެއް ވެސް ހަދިޔާ ކޮށްފައެވެ.


"ޔުއްމީ" ކިޔާ ކުއްޖަކު މިފައިސާގެ އެހީ ވަރަށް ބޮޑަށް ބޭނުންވެގެން އޭނާގެ އިނސްޓަގްރާމް ސްޓޯރީގައި ބުނެފައިވަނީ، މިފައިސާއިން އޭނާ ބޭނުންވަނީ އޭނަގެ ބައްޕައަށް ފުރޮޅުލީ ގޮނޑިއެއް ގަންނަން ކަމަށާއި، އޭނާގެ ބައްޕައަކީ ބަލިމީހެއް ކަމުން ފުރޮޅުލީ ގޮނޑިއެއް ގަނެދެވިއްޖެނަމަ އޭނަގެ ބައްޕަ ވަރަށް އުފާވާނެ ކަމަށެވެ.

"ޔުއްމީ" އަށް ފައިސާގެ އިނާމު ނުލިބުނު ކަމުގައި ވިޔަސް ކައި ވަނީ އޭނަގެ ދީލަތިކަމުން ޔުއްމީގެ ބައްޕައަށް ފުރޮޅުލީ ގޮނޑިއެއް ހަދިޔާ ކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!