Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުރިއަށް އޮތް ދެ ދުވަހު ސަރުކާރު އޮފީސްތައް ބަންދު

ކުރިއަށް އޮތް ދެ ދުވަހު ސަރުކާރު އޮފީސްތައް ބަންދު

މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުން ބަދަލުކުރައްވައި ކުރިއަށް އޮތް ދެ ދުވަހު ސަރުކާރު އޮފީސްތައް ނުހުޅުވަން ނިންމައިފިއެވެ.

ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ވާ ގޮތުން ސަރުކާރުން ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ދެވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވަން ރައީސް ނިންމަވާފައިވާ ކަމަށެވެ. އެ މުއްދަތުގައި އޮފީސްތައް ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމުގައި ވެސް ބުނެފައިވެއެވެ.

ނަމަވެސް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އެ އިދާރާއަކުން ދިނުމަށް ރައީސް ވަނީ އަންގަވާފައެވެ.

Advertisement
HDC — Sidebar (box)

އަދި ސަރުކާރުގެ އޮފީހެއް ހުޅުވިނަމަވެސް، މިހާރެކޭވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ދެވެން ހުރި ހިދުމަތްތައް ގޭގައި ތިބެގެން ދިނުމަށާއި، އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިން ދެމުން ގެންދިއުމަށްވެސް ރައީސް ވަނީ އޮފީސްތަކަށް އަންގަވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް