Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިތުރު ކުއްޖެއް ރޭޕް ކުރި މައްސަލައެއް: އެކުއްޖާވެސް ބަނޑުބޮޑު

އިތުރު ކުއްޖެއް ރޭޕް ކުރި މައްސަލައެއް: އެކުއްޖާވެސް ބަނޑުބޮޑު

މެދު ރާއްޖެ ތެރޭގެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއް ރޭޕްކޮށްފައިވާ އިތުރު މައްސަލައެއް ބަލަމުންދާ ކަމަށާ އެކުއްޖާ ބަނޑުބޮޑު ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލަ ޖެންޑަރ މިނިސްޓްރީ އިން ފުލުހުންނަށް ހުށަހަޅާފައިވާއިރު މި މައްސަލަ ކުއްޖާ ރޭޕް ކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީއިން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިއީ މިއަދު ފެންމަތިވި މިފަދަ ދެވަނަ މައްސަލައެވެ. މީގެ ކުރިން މިއަދު 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕުކޮށް، ބަނޑުބޮޑުވި މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ކުއްޖާއަކީ ކޯޓުން ބޭރުގައި މީހަކާ އިނދެގެން އުޅޭ ކުއްޖެކެވެ. ނަމަވެސް އެކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

Advertisement
Ooredoo — Truecaller (box)

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް