ޚަބަރު

އިތުރު ލުއި ތަކަކާއެކު މާލޭގެ ލޮކްޑައުން އިތުރު 15 ދުވަހަށް ދަންމާލައިފި

ދެން އެމްވީ ، ދެން އޮންލައިން

އިތުރު ލުއި ތަކަކާއެކު މާލޭގެ ލޮކްޑައުން އިތުރު 15 ދުވަހަށް ދަންމާލައިފިއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު އިތުރަށް ދޭން ނިންމި ލުއިތަކާއެކު ރޭގަނޑު 23:00 އާއި ހަމައަށް ހުއްދައެއް ނެތި މަގުމަތީގައި އުޅެވޭނެ ކަމަށެވެ.

މީގެ އިތުރުން އެއްތަނަކަށް 30 މީހުންނަށްވުރެ އިތުރު ނުވާ ގޮތެއްގެ މަތިން އެއްވެ އުޅެވޭނެ އެވެ. އެގޮތުން ހިދުމަތްދޭ ތަންތަނުން ވެސް އެއް ފަހަރާ 30 މީހުނަށް ހިދުމަތް ދޭއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ. އެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޗްޕީއޭއިން މިހާރު އާންމުކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި މާލެ ސަރަހައްދުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ވެސް މާދަމާއިން ފެށިގެން ވަނީ ދީފަ އެވެ. ނަމަވެސް އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ކުޅިވަރުގެ ހަރަކާތްތައް ހިންގާ އެކަޑަމީތަކަށް އަދި ހުއްދައެއް ނުދެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!