ދުނިޔެ

ރަހުމް ކުޑަކަން! ތިން މާމަ ދަރިން ރޭޕް ކުރީ މާމަގެ ކުރިމަތީގައި!

ދެން އެމްވީ ، ދެން އޮންލައިން

އުމުރުން ދުވަސްވީ އަންހެނެއްގެ ކުރިމަތީގައި އޭނާގެ ތިން މާމަ އަންހެން ދަރިން ރޭޕް ކޮށްފިއެވެ.

Ads by Sosun Fihaara

ސައުތު އެފްރިކާގައި ހިނގި މިހާދިސާގެ ސަބަބުން އުމުރުން 71 އަހަރުގެ އެއަންހެން މީހާ މިހާރު ވަނީ ލިބުނު ހިތާމައިންނާއި ޝޮކެއްގެ ސަބަބުން ހާޓް އެޓޭކެއް ޖެހިގެން މަރުވެފައެވެ.

ރިޕޯޓު ތަކުން ބުނާގޮތުގައި މިހިާދިސާ ހިނގާފައިވަނީ ވަޒޫލޫ-ނޭޓަލް ޕްރޮވިންސް ގައެވެ. އުމުރުން ދުވަސްވީ އެއަންހެން މީހާގެ ފަހަތުން ދިޔަ ފިރިހެނަކު، ފަހުން އެމީހުންގެ ގެއަށް ސިއްރިއްޔާތުގައި ވަދެ އަންހެންމީހާގެ ތިން މާމަ ދަރިން ރޭޕް ކުރީ އަންހެންމީހާއަށް ބަޑިން ބިރު ދައްކައިގެންނެވެ.

ޚަބަރުތަކުން ބުނާގޮތުގައި އެގޭތެރެއަށް ވަތް ފިރިހެން މީހާ އެންމެ ފުރަތަމަ އުމުރުން 19 އަހަރާއި، 22 އަހަރާއި 25 އަހަރުގެ އެއަންހެން ކުދިން އެގޭގެ ކޮތަރިއަކަށްލާ ތަޅުލާފައި ބޭތިއްބިއެވެ. އަދި ފަހުން އެކުދިންގެ މާމަގެ ކުރިމައްޗަށް ފަހަރަކު ކުއްޖަކު ގެންގޮސް ރޭޕް ކުރިއެވެ.

މީގެ ދެމަސް ކުރިން ހިނގި މިހާދިސާގައި އަދި އެއްވެސް މީހަކު ހައްޔަރު ކުރިކަމަކަށް އެނގިފައެއް ނުވެއެވެ. އަދި މމިހާދިސާ ކުރިމަތިވި އެއްވެސް ފަރާތެއްގެ ނަމެއް ވެސް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި އެތިން އަންހެން ކުދިން ދިރިއުޅެމުން ގެންދިޔައީ އެކުދިންގެ މާމައާއި އެކުގައެވެ. އެއާއިލާގެ ފަރާތުން ވާހަކަ ދެއްކި ތަރުޖަމާނު ޒަންޑްވިލް ލޯވޫ ބުނި ގޮތުގައި އުމުރުން ދުވަސްވީ މީހާ ބައިންދާފައި ހުރީ އެގޭގެ ލިވިންގ ރުމުގައެވެ. އަދި ކޮތަރި ތެރެއިން ފަހަރަކު ކުއްޖަކު ގެންގޮސް އަންހެން މީހާގެ ކުރިމަތިގައި ރޭޕް ކުރި ކަމަށް ވެސް ބުންޏެވެ.

"އަހަރުމެންނަށް އެއަންހެން ކުދިންގެ މާމެ ފެނުނީ އެގޭ ތެރެއިން. އެކަމަކު އެއިރުވެސް އޭނަ ވަނީ މަރުވެފަ. ހީވަނީ ލޯމަތިން ފެނުނު ބިރުވެރި މަންޒަރުގެ ސަބަބުން އޭނަގެ ހިތަށް ކުރި އަސަރަކުން މަރުވީހެން. އެއަންހެން ކުދިން ވެސް ބުނި ރޭޕް ކުރި ފިރިހެން މީހާ މާމަ ގައިގަައި އަތް ނުލާކަމަށް. އެހެންކަމުންބޮޑަށް ބެލެވެނީ މާމަ މަރުވީ ހާޓްއެޓޭކަކުން ކަމަށް" ލޯވޫ ބުނެފައިވެއެވެ.

ވަޒޫލޫ-ނޭޓަލް ޕްރޮވިންސް ސޯޝަލް ޑެވެލޮޕްމަންޓް ކައުންސިލް މެންބަރުގެ ތަރުޖަމަނު ނޮންހަލާ ކޮންޒޫ ބުނީ ރޭޕްގެ ގިނަ ކޭސްތަކެއް ކުރިމަތިވަމުން އަންނަ ކަމަށާއި މިހާތަނަށް ވެސް އޭގެ އެއްވެސް މައްސަލައެއް ހައްލު ކުރެވިފައިނުވާތީ ކަންބޮޑުވުން ފާޅު ކުރައްވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!