ދުނިޔެ

މި މީހާ އަށް ގަޑިއިރު ތެރޭގައި 16،000 ޑޮލަރު ހޯދީ ނިިދައިގެން!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދިރިއުޅުމުގައި އާމްދަނީ ހޯދުމަށް އެކި މީހުން ކޮށް އުޅެނީ އެކި ކަހަލަ މަސައްކަތެވެ. ބައެއްް މީހުން ދުވާލު ހަތަރުދަމު ބުރަކޮށް މަސައްކަތް ކުރަމުން ގެންދާއިރު، އަނެއް ބައި މީހުން ހަ ގަޑިއިރު މަސައްކަތް ކޮށްލައިގެން ފުއްދާލެވޭ ވަރަށް ފައިސާ ހޯދައެވެ. އެހެން ނަމަވެސް މި މީހާ ރުފިޔާ ހޯދީ ތަފާތު ގޮތަކަށެވެ.

Ads by Sosun Fihaara

އުމުރުން 26 އަހަރުގެ "އޭންޑީ" ނަމަކަށް ކިޔާ މި މީހާ އަށް ގަޑިއިރު ތެރޭގައި 16،000 ޑޮލަރު ހޯދީ، ނިދަން އޮށޯތުމަށް ފަހު ލައިވް ޖައްސައި، އާންމުންނަށް އޭނާއަށް އުނދަގޫ ކުރުމުގެ ފުރުސަތު ދީގެންނެވެ. މީނާ މިކަން ކުރި ގޮތަކީ، ލައިވް ޖެއްސުމަށް ފަހު، ލައިވް ބަލަމުން ގެންދާ ކޮންމެ މީހަކު ވެސް ވަކި ވަރަކަށް ފައިސާ ހަދިޔާ ކޮށްގެން އެކި ޒާތްޒާތުގެ އަޑު ފޮނުވާ އޭނާއަށް އުނދަގޫ ކުރުމުގެ ފުރުސަތު ދީގެންނެވެ.

އާންމުން ކުރަންވީ މަސައްކަތަކީ އޭނާ ނިދާ ކޮންމެ ފަހަރަކު އެކި ޒާތްޒާތުގެ އަޑު ފޮނުވައިގެން އޭނާ ހޭލައްވާލުމެވެ. މީނާ ވަނީ ވީޑިއޯ ޔޫޓިއުބުގައި ޕޯސްޓު ކޮށްފައެވެ. އަދި އެ ޕޯސްޓުގައި އޭނާ ލިޔެފައި ވަނީ، ގޭގެ ދޮރު ހުރީ ތަޅުލާފައި ކަމަށާއި، ކިތަންމެ ވަރަކަށް އަޑުގަދަކޮށް އުނދަގޫ ކުރިކަމުގައި ވީ ނަމަވެސް އޭނާ ނިދާނީ ކަމަށެވެ.

ނިދާ ހޭލެވުނު ވަގުތު އެކި ފަރާތްތަކުން ހަދިޔާ ކޮށްފައިވާ ފައިސާގެ ޖުމުލަ އަދަދު 16،000 ޑޮލަރަށް އަރާފައިވާ މަންޒަރު ފެނި އޭނާ ވެސް ވަނީ ހައިރާން ވެފައެވެ. އަދި އެ ހުރިހާ ފައިސާއެއް އޭނާއަށް ހަދިޔާ ކޮށްދިން އެންމެހާ ފަރާތްތަކަށް އޭނާ ވަނީި ޝުކުރުު އަދާކޮށްފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!