މުނިފޫހިފިލުވުން

ހިޖާބް އަދި ނިގާބް އަޅާ ފަރާތްތަކަށް އިޙްތިރާމް ކުޑަ ކުރެވުނު، މާފަށް އެދެން!: ފާޒިލް

"ފިޓްފާޒިލް" ގިވްއަވޭ ނިމިއްޖެއެވެ. ނަމަވެސް އެނިމުނު ގޮތާއިމެދު ގިނަ ބަޔަކު ތިބީ ވަރަށް ބޮޑަށް ނުރުހިފައެވެ.

ގިވްއަވޭގެ ނަސީބުވެރިއެއްގެ ގޮތުގައި "ޝަރުމީލާ" އެއް އުފެދި، އެއީ މޫނު ބުރުގާ އަޅާ މީހެއް ކަމުގައިވެސް ވިއެވެ. އެ ހަގީގަތާއި ޚިލާފު ވާހަކަތަކުގެ ސަބަބުން އެހެން އެންމެންނެކޭ އެއްފަދައިން މޫނު ބުރުގާ އަޅައިގެން ރާއްޖޭގައި އުޅޭ މީހުންވެސް ވަނީ ފާޒިލް އަށް ނުރުހުން ފާޅުކޮށްފައެެވެ.

މިއަދު ފާޒިލް ވަނީ އެހުރިހާ ކަމަކަށް އެއްބަސްވެ މާފަށް އެދިފައެވެ.

އޭނަގެ އިންސްޓަގްރާމްގައި ފާޒިލް ބުނެފައިވަނީ އެންމެންގެ އަރިހުން ވެސް މާފަށް އެދޭ ކަމަށާއި ވަކިން ޚާއްސަކޮށް ހިޖާބް އާއި ނިޤާބް އަޅާ މީހުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

"އަހަރެން ހަމ ހިތުގެ އަޑިން މާފަށް އެދެން. ޚާއްސަކޮށް ހިޖާބް އާއި ނިޤާބް އަޅާ އުޚްތުންގެ ކިބައިން މާފަށް އެދެން. އެހެން މީހެއްގެ ބަހަށް ހެއްލެވުމުގެ ސަބަބުން އަހަންނަށް ތިޔަ އުޚްތުންނަށް އިޙްތިރާމް ކުޑަ ކުރެވިއްޖެ. އެއްވެސް މީހަކަށް ދެރައެއް ދޭކަށް އަހަރެން ބޭނުމެއް ނުވި." ފާޒިލް ބުނެފައިވެއެވެ.

މީގެ އިތުރުން ފާޒިލް ބުނީ އޭނަގެ އެއަމަލުގެ ސަބަބުން، ވަރަށް ބޮޑަށް އޭނަގެ އަގު ވެއްޓިއްޖެ ކަމަށް ޤަބޫލުކުރާ ކަމަށާއި މިލިބުނު ފިލާވަޅުން އޭނާއަށް އިބުރަތެއް ހާސިލު ވެއްޖެ ކަމަށެވެ.

"އުންމީދު ކުރަން މިވީ ކަންތަކަށްފަހު ވެސް އަހަރެން ރަނގަޅުވުމަށް ފުރުސަތެއް ލިބިގެން ދާނެ ކަމަށް" ފާޒިލް ބުނެފައިވެއެވެ.

ތިމާއަށް ކުށެއް ކުރެވިއްޖެނަމަ، އެކަން ޤަބޫލުކޮށް މާފަށް އެދުމަކީ ވަރަށް ރީތި ސިފައެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!