ޚަބަރު

ޖިންސީ ގޯނާގެ މައްސަލަތައް ބެލުން އަވަސް ކުރަން ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނަން: ޕީޖީ ޝަމީމް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތައް ނުބެލި ލަސްވާނަމަ، އެމައްސަލަތައް ބެލުން އަވަސް ކުރުމަށް ބާރުގެ ބޭނުން ކުރަން ޖެހިއްޖެނަމަ، އެކަން ވެސް ކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސެއިން ޝަމީމް މިއަދު ވިފާޅުވެއްޖެއެވެ.

Ads by MWSC

ޕްރޮސެކިއުޓާ ޖެނެރަލާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ ސަފާރީއެއްގައި ބޭރު އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި އިތުރު ބައެއް މައްސަލަތަކުގައި ފުލުހުން އަމަލުކުރި ގޮތް ބައްލަވާނެ ކަމަށެވެ.

"އެ ތަހުގީގު ހިނގައިދިޔަ ގޮތާއި މީހެއްގެ ނުފޫޒެއް އައިސްފައި އޮތްތޯ އާއި އާންމު ގޮތެއްގައި މި ބާވަތުގެ ތަހުގީގުތައް ހިނގަނީ ކިހިނެއްތޯ އަޅުގަނޑުމެން ބަލާނަން. އަދި މި ތަހުގީގު ވަކިން ޚާއްސަކޮށް ބަލާފައިި އެކަމުގައި ކަންތައް ހިނގައިދިޔަ ދިރާސާ ކުރާނަން" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

މީގެއިތުރުން މައްސަލައެއްގައި ފުލުހުން އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ތުހުމަތު ކުރެވޭ ނަމަ، އެކަމުގެ ޝަކުވާ ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅޭނެ ކަމަށާއި އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ، އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!