Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

އަސަރުގަދަ ފޮޓޯއެއް! ތިން އަހަރުގެ ކުއްޖާ އިނީ ކާފަގެ ފުރާނަ ނެތް މަސްގަނޑުމަތީގައި!

އަސަރުގަދަ ފޮޓޯއެއް! ތިން އަހަރުގެ ކުއްޖާ އިނީ ކާފަގެ ފުރާނަ ނެތް މަސްގަނޑުމަތީގައި!
  • އުތުރު ކަޝްމީރުގެ ސޮޕޯރޭ ޓައުނަށް ހަމަލާއަށްފަހު، އެހަމަލާގައި ޒަޚަމްވި ބައެއް މީހުންގެ ފޮޓޯތައްވަނީ މީސްމީޑިއާގައި އާއްމުވެފައެވެ.

އެގޮތުން ގިނަ ބައެއްގެ ލޯތައް އެންމެ ބޮޑަށް އަމާޒުވީ، އުމުރުން ތިން އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު އޭނަގެ ނިޔާވެފައިވާ ކާފަގެ ފުރާނަ ނެތް މަސްގަނޑު މަތީގައި އިށީންދެލައިގެން އިން ފޮޓޯއަށެވެ.

ސީއާރްޕީއެފް ހެޑް ކޮންސްޓެބަލް ބަސީރް އަޙްމަދު ޚާން ނިޔާވީ މިއަދު ހެނދުނު ޙާމަކަން ސޮޕޯރޭ އަށް ދިން ހަމަލާއެއްގައެވެ.

އޭނާގެ ކާފަދަރި އަޔާދް، އޭނަ ގައި މަތީގައި އިށީންދެގެން އިން ފޮޓޯއެއް މީސްމީޑިއާގައި ފަހުން އާއްމުވުމުން، އެއީ ކާކު ނެގި ފޮޓޯއެއްތޯ ވެސް ބައެއް މީހުން ދަނީ ސުވާލު ކުރަމުންނެވެ.

Advertisement
Allied Insurance — Square (box)

ޚަބަރުތަކުން ބުނެފައިވާ ގޮތުގައި، ފަހުން ޖައްމޫ އަދި ކަޝްމީރުގެ ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުގައި ވަނީ، ފުލުހަކު އެކުއްޖާ އުރައިގެން ހުއްޓާ ފޮޓޯއެއް ނަގާފައެވެ. ފުލުހުން ބުނެފައިވަމީ އެކުއްޖާ ސަލާމަތްކުރީ ބަޑިޖަހަމުން ދިޔައިރު އެތަނުގެ މެދުން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް