ޚަބަރު

އެމްއެމްޕީއާރްސީ މައްސަލައާއި ގުޅިގެން ހަތަރު ތަނެއް ބަލައި ފާސްކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ގެ ބޮޑު ޚިޔާނާތާއި ގުޅިގެން ހަތަރު ތަނެއް ބލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

Ads by MWSC

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިއީ ފުލުހުންނާއި އޭސީސީ ގެ އިތުރުން ޕީސީސީއާރް އާއި މީރާ ގުޅިގެން ހިންގާ ބޮޑު އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ މިއޮޕަރޭޝަނުގައި ބަލައި ފާސް ކުރާނީ މާލެއާއި ހުޅުމާލޭގެ ބައެއް ތަންތަން ކަމަށާއި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތު ދެއްވާނީ އޭސީސީން ކަމަށެވެ.

މިފަދަ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވާއިރު، އެމްއެމްޕީއާރްސީ ގެ ފައިސާ ލިބުން ކަމުގެ ތުހުމަތުގައި ދާދި ފަހުން ފަސް ފުލުހަކު ވަނީ ވަޒީފާއިން ސަސްޕެންޑު ކޮށްފައެވެ.

މިއީ މުޅި ރާއްޖޭގެ ތާރީޚުގައި ވެސް ހިނގި އެންމެ ބޮޑު ޚިޔާނާތެވެ. އޮޑިޓު ރިޕޯޓުން ދައްކާގޮތުގައި މިއީ 1.2 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!