ޚަބަރު

އަންހެން މީހާ ސަފާރީ އިން މޫދަށް ފުންމާލީ ކީއްވެގެން ކަމެއް ނޭނގެ: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ބިދޭސީ މީހާ މޫދަށް ފުންމާލީ ކީއްވެކަމެއް ބުނަން ނޭނގޭ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ އެ ދެ މީހުން ވެސް ދޫކޮށްލާފައެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް، އަބްދުލްމަންނާނު ޔޫސުފް ވިދާޅުވީ އަންހެން މީހާ މޫދަށް ފުންމާލަން ޖެހުނު ސަބަބަކީ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމެއް ކަމަށެވެ.

މަންމާނު ވިދާޅުވީ އޭނާ މޫދަށް ފުންމާލި ސަބަބާ ގުޅޭގޮތުން ސުވާލު އުފެދޭ ކަަމަށާއި އެހެން ނަަމަވެސް މިވަގުތު އެ ސުވާލަށް ޖަވާބެއް ދެވެން ނެތް ކަމަށެވެ.

"އަދި މިވަގުތު އަޅުގަނޑުމެންނަށް ސުވާލެއް އެރުވެން ނެތް ޖަވާބެއް އެހެންނަމަވެސް އަޅުގަނޑުމެންގެ ވެސް ކަންބޮޑުވުން އޮތް ކަމެއް. އަންހެނަކު ރޭގަނޑު، އަނދިރީގަ މޫދަށް ފުންމާލާނެ ބާއޭ ހަމަ ކަމަކާ ނުލާ. ކޮންމެސް ކަމެއް އޭގަ ވާނޭ. އެކަމު އެއީ އަޅުގަނޑުމެން ތަހުގީގުކޮށް ހޯދަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަނީ. އިރާދަކުރެއްވިޔާ އެ ދިމާލަށް މަސައްކަތް ކުރަމުން ގެންދަން. އުންމީދަކީ ކާމިޔާބި ލިބުން،" މަންނާނު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!