ޚަބަރު

ރާއްޖެއަށް އިތުރު 20 ވެންޓިލޭޓަރު ގެނެސްފި

ދެން އެމްވީ ، ދެން އޮންލައިން

މެޑްޓެކް މޯލްޑިވްސް އާ ހަވާލުކޮށްގެން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން އިތުރު 20 ވެންޓިލޭޓަރު ރާއްޖެ ގެނެސްފި އެވެ.

Ads by MWSC

މެޑިޓެކާއި ހަވާލުކޮށްފައިވަނީ 50 ވެންޓިލޭޓަރު ގެނައުމަށެވެ. އެއީ 34 މިލިއަން ރުފިޔާއަށެވެ. އޭގެ ތެރެއިން ފުރަތަމަ 18 ވެންޓިލޭޓަރު ގެނެސްފައި ވަނީ މެއި މަހުގެ 10 ވަނަ ދުވަހެވެ.

އެ ކުންފުނިން މިރޭ ބުނީ، އަލަށް ގެނެސްފައިވާ 20 ވެންޓިލޭޓަރުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ޖީއީ ހެލްތު ކެއާ އާއި ސްވިޓްޒަލޭންޑްގެ އައިއެމްޓީ މެޑިކަލް އިން އުފައްދާފައިވާ ވެންޓިލޭޓަރު ކަމަށެވެ. އެއީ އެމެރިކާގެ އެފްޑީއޭ އެޕްރޫވްޑް އަދި މެޑިކަލް އިއުއިޕްމަންޓް އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ދެ ކުންފުންޏެވެ.

މެޑްޓެކް އިން ގެނައި 20 ވެންޓިލޭޓަރުގެ ތެރެއިން ދެ ވެންޓިލޭޓަރު ޑެލިވާ ކުރާނީ ރާއްޖޭގައި ހުންނަ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ އޮފީހާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ އަލަށް ގެނައި ވެންޓިލޭޓާރުތައް ހެލްތު މިނިސްޓްރީއާ ހަވާލުކޮށް، އެ އެއްޗެހި އިންސްޓޯލް ކުރަން ތައްޔާރުވެފައިވާ ކަމަށެވެ. އަދި ބާކީ ވެންޓިލޭޓަރުތައް ވެސް ޝެޑިއުލް ކުރެވިފައިވާ ގޮތަށް ރާއްޖެ އަށް ގެނެވޭނެ ކަމަށާއި އެގޮތުން އެ ވެންޓިލޭޓަރުތައް މި މަހުގެ މެދުތެރޭގައި ގެނެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!