ކޮވިޑް-19 ޖެހުނު ދިވެއްސަކު ރާއްޖޭގައި ނިޔާވެއްޖެ! މާތް ﷲ މައްޔިތާއަށް ހެޔޮ ރަޙްމަތްލައްވާށި. އާމީން.

ކޮވިޑް-19 ޖެހުނު ދިވެއްސަކު ރާއްޖޭގައި ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ނިޔާވެފައިވަނީ އުމުރުން 92 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާ ނިޔާވެފައިވަނީ ރޭ 23:54 ގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށް ވެސް އެޗްޕީއޭ އިން ވަނީ މައުލުމާތު ދީފައެވެ.
މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 10 ވަނަ މީހާއެވެ.
މާތް ﷲ މަރްހޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ ފާފާ ފުއްސަވާނދޭވެ. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާންދޭވެ. އާމީން.
إِنَّا لِلّهِ وَإِنَّـا إِلَيْهِرَاجِعُون

Ads by Allied Insurance